ENGLISH

26 ނޮވެމްބަރު 2024

ހަތް ސީޓަށްވުރެ ބޮޑެތި އުޅަނދުތަކަށް ޓެކްސީ ފީ ކަނޑައަޅައިފި

20 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

ހަތް ސީޓަށްވުރެ ބޮޑެތި އުޅަނދުފަހަރުގައި ދެވޭ ޓެކްސީ ޚިދުމަތަށް ވަކި އަގެއް ކަނޑައަޅައިފިއެވެ.

މިހާތަނަށް ފީ ކަނޑައެޅިފައި ނުވާ ގިންތީގެ އުޅަނދުތަކަށް ރަސްމީކޮށް އަގު ކަނޑައެޅުމުގެ ކުރިން މި ބާވަތުގެ އުޅަނދުފަހަރުން ޓެކްސީގެ ޚިދުމަތް ދެމުން ދިޔައީ އެކި ފަރާތްތަކުން އެކި މިންވަރަށް ފީ ނަގަމުންނެވެ. ނަމަވެސް، ސަރުކާރުން ވަކި އަގެއް ކަނޑައެޅުމާ ގުޅިގެން، ރައްޔިތުންނާއި ފަތުރުވެރިންނަށް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުގައި މި ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިވެފައެވެ. 

ހަ ސީޓަށް ވުރެ މަދުން ހުންނަ އުޅަނދުތަކަށް އަދިވެސް ދަތުކުރެވެނީ ޓްރާންސްޕޯޓު މިނިސްޓްރީން 2022 ގައި ކަނޑައަޅާފައިވާ އަގުތަކުގަ އެވެ. ނަމަވެސް މި ކެޓަގަރީގެ ޓެކްސީތަކަށް ވެސް ޑޮމެސްޓިކް ޓާމިނަލަށް ކުރާ ދަތުރުތަކަށް އިތުރަށް 10ރ. ނެގޭނެ އެވެ. 

ހަތް ސީޓާއި 10 ސީޓާ ދެމެދުގެ އުޅަނދުތަކަށް ކަނޑައެޅި އަގުތައް

- އެތެރޭގެ ދަތުރުތައް - 45ރ.

- މާލެއިން ހުޅުމާލެ އެއްވަނަ ފިޔަވައްސަށް (ފޭސް ވަން) - 130ރ.

- މާލެއިން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް (ފޭސް ޓޫ) - 150ރ.

- މާލެއިން އެއާޕޯޓަށް - 110ރ.

- ހުޅުމާލޭ ފޭސް ވަން އިން ފޭސް ޓޫ އަށް - 60ރ.

-ހުޅުމާލޭ ފޭސް ވަން އިން އެއާޕޯޓަށް - 125ރ.

- ހުޅުމާލެ ފޭސް ޓޫ އިން އެއާޕޯޓަށް - 155ރ.

- ޑޮމެސްޓިކް ޓާމިނަލަށް ދަތުކުރާ ނަމަ - އެއާޕޯޓު ދަތުރުގެ އަގުގެ އިތުރަށް 15ރ.

- ތިން ލަގެޖަށް ވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް - 5ރ.

ކިޔުންތެރިންގެ ހިޔާލު