ENGLISH

01 ޖުލައި 2025

Advertisement

އުފާވެރި ޚަބަރެއް؛ މި އަހަރު 11 މިސްކިތާއި ދެ މަރުކަޒެއް ހުޅުވޭނެ

30 ޖޫން 2025

|

އަޙުމަދު ޙަމީދު

ވިލިމާލެ މިސްކިތް -- ފައިލް ފޮޓޯ

މި އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 11 މިސްކިތާއި އިސްލާމީ މަރުކަޒަކާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒެއް ހުޅުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން މިރޭ ބުނެފި އެވެ.

އެ ވުޒާރާގެ ވަޒީރު މިރޭ ވަނީ މި އަހަރު ހުޅުވާން ހަމަޖެހިފައިވާ މިސްކިތްތަކުގެ ތަފްސީލު ހިއްސާ ކުރައްވާފަ އެވެ. އެގޮތުން މިއަދު ނ. މަނަދޫގައި މިސްކިތެއް ހުޅުވާނެ އެވެ.

ދެން އެންމެ އަވަހަށް ހުޅުވާން ހަމަޖެހިފައިވަނީ ހއ. ދިއްދޫ އިސްލާމިކް ސެންޓަރެވެ. އޭގެ ފަހުން ޅ. ކުރެންދޫ އާއި ހިމަންދޫ އާއި ދިގުރަށާއި ލ. ގަން ތުޑީ އަވަށުގައި މިސްކިތެއް ހުޅުވާނެ އެވެ.

* ނ. މަނަދޫ މިސްކިތް - ޖޫން 30 

* ހއ. ދިއްދޫ އިސްލާމިކް ސެންޓަރު - ޖުލައި 15

* ޅ. ކުރެންދޫ މިސްކިތް - 1 ސެޕްޓެންބަރު

* އއ. ހިމަންދޫ މިސްކިތް - 5 ނޮވެންބަރު

* އއ. ދިގުރަށު މިސްކިތް - 30 ޖުލައި

* ލ. ގަން ތުނޑި މިސްކިތް - 15 ސެޕްޓެންބަރު

* ސ. މަރަދޫ މިސްކިތް - 15 އޮގަސްޓް

* ސ. މީދޫ މިސްކިތް - ނޮވެންބަރު 30

* ތ. ކަނޑޫދޫ މިސްކިތް - 31 ޑިސެންބަރު

* ތ. ދިޔަމިގިލި މިސްކިތް - ޖުލައި 30

* ފުވައްމުލަކު ދޫޑިގަން މިސްކިތް - ސެޕްޓެންބަރު 3

* ފުވައްމުލަކު ސިޓީ ޤުރުއާނާބެހޭ މަރުކަޒު - 1 އޮގަސްޓް

* ތ. ވަންދޫ މިސްކިތް - ޑިސެންބަރު 31

މިސްކިތްތައް ބިނާކުރުމާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމާއި ކީރިތި ޤުރުއާނާ ބެހޭ ސެންޓަރުތައް އިތުރު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ.

އިތުރު ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒުތައް އެޅުމަށާއި 10 ރަށެއްގައި މިސްކިތް ބިނާކުރުމަށް މިހާރުވެސް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު