ENGLISH
01 ޖުލައި 2025
މެޑަމް ސާޖިދާ، ސިންގަޕޫރުގެ ފަސްޓް ލޭޑީ އިންތިޒާމުކުރެއްވި ޚާއްޞަ ސައިފޮދެއްގައި ބައިވެރިވެވަޑައިގެންފި
30 ޖޫން 2025
|
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގެ ފަސްޓް ލޭޑީ، މިސިސް ޖޭން އިޓޯގީ ޝަންމުގަރަނަމް، އިންތިޒާމުކުރެއްވި ޚާއްސަ ސައިފޮދެއްގައި ބައިވެރިވެވަޑައިގެންފިއެވެ.
މި ސައިފޮދު ބާއްވަވާފައިވަނީ މިއަދު ހެނދުނު ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ފަސްޓް ލޭޑީ މެޑަމް ސާޖިދާ، ސިންގަޕޫރަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރަސްމީގޮތުން މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި ފަސްޓް ލޭޑީ މެޑަމް ސާޖިދާ ވަނީ ދިވެހި ވަފުދަށް ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ސިންގަޕޫރުގެ ފަސްޓް ލޭޑީ މިސިސް ތަރުމަންއަށް ޝުކުރުއަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން، އަދާކުރައްވަމުން ގެންދަވާ އެކި މަސްއޫލިއްޔަތުތަކުގެ މަސައްކަތްތަކާ ބެހޭގޮތުން ތަފާތު ތަޖުރިބާތަކާއި ޚިޔާލުފުޅުތައް ހިއްސާކުރައްވައި، މަޝްވަރާ ކުރެއްވިއެވެ.