ENGLISH

30 ޖޫން 2025

Advertisement

ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ޢައްޔަނު ކޮށްފި

30 ޖޫން 2025

|

އަޙުމަދު ޙަމީދު

ރައީސް ޑރ.މުއިއްޒު، ޑިވެލޮޕްމަންޓް ބޭންކު އިފްތިތާހްކޮށްދެއްވަނީ.. ފޮޓޯ/ރައީސް އޮފީސް

ރާއްޖޭގެ ކުރިއަށްގެންދާ އެކިއެކި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، ސަރުކާރުން ޤާއިމުކޮށްފައިވާ "ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް" ގެ ޑިރެކްޓަރުންގެ ބޯޑަށް ހަތަރު މެންބަރަކު މިއަދު ޢައްޔަނު ކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ "ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް" ގެ ޑިރެކްޓަރުންގެ ބޯޑަށް ހަތަރު މެންބަރަކު މިއަދު ޢައްޔަނުކުރައްވާފައިވާ ކަމަށެވެ.

* ޙަސަން މިރާސް - ބޯޑް މެންބަރު

* އަޙްމަދު ޢަޒްޔާން ޙަމީދު - ބޯޑް މެންބަރު

* މަޢީޝާ އިބްރާހިމް - ބޯޑް މެންބަރު

* އަޒްމީން ރަޝީދު - ބޯޑް މެންބަރު

ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު