ENGLISH

30 ޖޫން 2025

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ސްޕެއިންގެ ރަސްގެފާނާއި ރާނީ ދެއްވި ރަސްމީ ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެންފި

30 ޖޫން 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ސްޕެއިންގެ ރަސްގެފާނާއި ރާނީއާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ސްޕެއިންގެ ރަސްގެފާނު ފިލީޕޭ ހަވަނަ އާއި ރާނީ ލެޓީޒިޔާ ދެއްވި ރަސްމީ ފަރީއްކޮޅުގައި ބައިވެރިވެވަޑައިގެންފިއެވެ.

ސްޕޭނުގެ ރެއާލް އަލްކަޒާ ޑި ސެވިއްޔާގައި ބޭއްވި މި ފަރީއްކޮޅަކީ، ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ، ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގެ ބައިވެރިންގެ ޝަރަފުގައި ދެއްވި ފަރީއްކޮޅެކެވެ. އެފް.އެފް.ޑީ.4 ގައި ބައިވެރިވަޑައިގެންނެވި، ދައުލަތްތަކާއި ސަރުކާރުތަކުގެ އިސްވެރިން، މި ފަރީއްކޮޅުގައި ބައިވެރިވެވަޑައިގަތެވެ.

އެފް.އެފް.ޑީ.4 އަކީ، މާލީ އިސްލާހާމެދު މަތީ ފަންތީގެ މަޝްވަރާތައް ކުރުމަށް، ސަރުކާރުތަކާއި، ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ޖަމުޢިއްޔާތަކާއި، މާލީ އަދި ވިޔަފާރީގެ މުވައްސަސާތަކާއި، ވިޔަފާރިތަކާއި، މަދަނީ ޖަމާޢަތްތަކާއި، އދ.ގެ ގުނަވަންތައް އެއްފުރާޅެއްގެ ދަށަށް ގެނެސްދޭ މުހިންމު މަންސައެކެވެ.

ކޮންމެ 10 އަަހަރަކުން އެއް އަހަރު ބާއްވާ މި ކޮންފަރެންސް އެންމެފަހުން ބާއްވާފައިވަނީ އިތިއޯޕިއާގެ އެޑިސް އަބާބާގައި، 2015 ވަނަ އަހަރު އެވެ. މި އަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަަމަޖެހިފައިވަނީ މި ޖޫން މަހުގެ 30 އިން އަންނަ ޖުލައި މަހުގެ 3 އަށް ސްޕެއިންގެ ސެވިލްގައެވެ.

ކިޔުންތެރިންގެ ހިޔާލު