ENGLISH

30 ޖޫން 2025

Advertisement

މަޖިލީހުގައި މިންތީގެ ހަމަހަމަކަމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ: ރައީސް

30 ޖޫން 2025

|

އުމްނާ އިސްމާޢީލް

ރައީސް ޑރ. މުއިއްޒު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީސްތަކުގައި އަންހެނުން ތަމްސީލުކުރުމަކީ ގައުމީ އަދި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ނަމަވެސް ރާއްޖެއިން އަބަދުވެސް މަޖިލީހުގައި މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ ޕާލެމެންޓޭރިޒަމް ދުވަހާ ގުޅުވައި ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނު ހަދާ މަޖިލީސްތަކަކީ ޑިމޮކްރެސީއާއި ހެޔޮވެރިކަން ނެގެހެއްޓުމަށް މުހިއްމު ދައުރެއް އަދާކުރާ ތަނެއް ނަމަވެސް އެތަނުގައި އަންހެނުން ތަމްސީލުނުކުރެވުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށާއި މަޖިލީހުގައި އެންމެން ބައިވެރިވާ މާހައުލެއް ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ އެވެ. ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތައް އަދާކުރަނީ އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާ އެކީގައިކަން ކަށަވަރުކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު