ENGLISH
06 ޖުލައި 2025
ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާ ހުށަހަޅާނެ ނިޒާމެއް ޤާއިމްކޮށްފި
29 ޖޫން 2025
|
މައިގްރެންޓް ވޯކަރ ރިސޯސަސް ސެންޓަރ ހުޅުވުމުގެ ތެރެއިން-- ފޮޓޯ: އެމްއެމްޓީވީ
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާތައް ފަސޭހައިން ހުށަހެޅޭނެ ނިޒާމެއް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ޤާއިމުކޮށްފިއެވެ.
"މައިގްރެންޓް ވޯކަރ ރިސޯސަސް ސެންޓަރ"ގެ ނަމުގައި ޤާއިމުކުރި މި ސެންޓަރު ހުޅުވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް އަދި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން، (އައިއޯއެމް) ގެ ރީޖަނަލް ޑައިރެކްޓަރ އިޔޯރީ ކާޓޯއެވެ.
މީގެ އިތުރަށް، ބިދޭސީންނަށް ފަސޭހަކަމާއެކު ޝަކުވާ ހުށަހެޅޭނެ ފަދައިން ޕޯޓަލެއް ވެސް އިފްތިތާޙުކޮށްފައި ވެއެވެ. "މައިގްރެންޓް ކަނެކްޓް"ގެ ނަމުގައި ފަރުމާކޮށްފައިވާ މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ.
މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ބިދޭސީއަކަށް ވެސް ޤާނޫނީ ރައްކާތެރިކަން ލިބި، އެ މީހުންގެ ޙައްޤުތައް ކަށަވަރުވާންޖެހޭނެ ނަމަވެސް، ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީންގެ ބޭނުން ނަހަމަގޮތުގައި ބައެއް ފަރާތްތަކުން ހިފަމުންދާ ކަމަށެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިން އުފުލަމުންދާ ބައެއް ބުރަތަކުގެ ތެރެއިން، ގިނައިރު މަސައްކަތްކުރަންޖެހުމާއި ރައްކާތެރި ނޫން މާޙައުލުތަކުގައި މަސައްކަތްކުރަން ޖެހުމާއި ޢާންމު މަޢުލޫމާތު ނުލިބުންފަދަ ކަންކަން ފައިރޫޝް ފާހަގަކުރެއްވިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ 2024 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ މަސައްކަތްކުރާ މީހުންގެ 43 އިންސައްތައަކީ ބިދޭސީންނެވެ. މިހާ ގިނަ ޢަދަދަކަށް ރާއްޖޭގައި ބިދޭސީން އުޅޭއިރު، މީގެ ތެރެއިން ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންނަށް، ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް ސަރުކާރުން އެތަކެއް ފުރުޞަތެއް ދެމުންދާކަން ފާހަގަކުރެވެއެވެ.