ENGLISH

06 ޖުލައި 2025

Advertisement

ހަލާލު ޓޫރިޒަމް ތަރައްގީކުރާ ރަށެއްގެ ގޮތުގައި އައްޑޫ ސިޓީ ހަންކެޑަ ކަނޑައަޅައިފި

29 ޖޫން 2025

|

ހަސަން އާމިރު

އައްޑޫ ސިޓީގެ ހަންކެޑަ ހަލާލް ޓޫރިޒަމް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފަ އެވެ.

ފަތުރުވެރިކަން ތަރައްގީވެފައިނުވާ އަތޮޅުތަކުގައި ފަތުރުުވެރިކަން ފުޅާ ކުރުމަށް ރައީސް ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ރާއްޖޭގެ ހަ ސަރަހައްދެއްގައި ހަލާލު ޓޫރިޒަމް ތަރައްގީކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. 

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ އިން މި މަޝްރޫއު ތަންފީޒު ކުރުމުގެ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް މިހާރު ދަނީ ކުރަމުންނެވެ.

ހަލާލު ޓޫރިޒަމަކީ ޚާއްސަކޮށް މުސްލިމް ފަތުރުވެރިންގެ ބޭނުންތަކަށް ރިޔާއަތްކޮށް، އެހެން ހުރިހާ މެހްމާނުންނަށް ވެސް މެހުމާންދާރީ އަދާކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޚިދުމަތްތަކެކެވެ. މި ކޮންސެޕްޓް ތަންފީޒު ކުރާނީ ރިސޯޓް ތަރައްގީ ކުރާ މަރުހަލާގެ ތެރިން އަދި ރިސޯޓް އޮޕަރޭޝަންގެ މަރުހަލާގަ އެވެ.

އައްޑޫ ސިޓީގެ ހަންކެޑައިގައި ތަރައްގީ ކުރާ ހަލާލު ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތު ސިންދަފާތު ކުރުމަށް އިތުރަށް މަގުފަހިވެގެން ދާނެ އެވެ. އަދި މިފަދައިން ތަރައްގީކުރާ ރިސޯޓްތަކުގެ ސަބަބުން މި ސަރަހައްދުތަކުގައި ވަޒީފާ އުފެދި އިގްތިސާދީ ދުވެލި ހަލުވިވެގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު