ENGLISH
02 ޖުލައި 2025
މުޅި ރާއްޖެއަށް ހުދު ސަމާލު، އުދަ އަރާފާނެ
29 ޖޫން 2025
|
މާލެއަށް އުދަ އަރާފައި -- ފައިލް ފޮޓޯ
ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.
އިއްޔެ އިން ފެށިގެން ރާއްޖޭގެ މޫސުން ވަނީ ގޯސްވެފަ އެވެ. މެޓް އޮފީހުން ބުނީ މިއަދު އިރޮއޮއްސުމާއި ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ.
އެ ވަގުތުތަކުގައި އުދައަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެހެން ކަމުން އެކަމަށް ސަމާލުވެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު އިއްޔެވެސް މާލެ ހިމެނޭހެން ރާއްޖޭގެ ބައެއް ރަށްރަށަށް ވަނީ އުދަ އަރާފަ އެވެ. މާލޭގެ ކާނިވާ ސަރަޙައްދަށް އުދައަރާ އެ ސަރަޙައްދުގައި ހިންގާ ކެފޭތަކަށް ވަރަށް ގެއްލުންވި އެވެ.