ENGLISH

02 ޖުލައި 2025

Advertisement

"އޮޅުހިޔާ" ފެސިލިޓީ ހިންގަން ދެ ފަރާތަކުން ކުރިމަތިލައިފި

29 ޖޫން 2025

|

ޢަލީ ޝަހީމް

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ "އޮޅުހިޔާ" ފެސިލިޓީ.

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ "އޮޅުހިޔާ" ފެސިލިޓީގެ ޝެލްޓަރ ހިންގަން ހުޅުވާލި ފުރުޞަތުގައި، ދެ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން މިއަދު ބުނެފިއެވެ. 

"އޮޅުހިޔާ" ގެ ޝެލްޓަރ އެއް އަހަރުގެ މުއްދަތަށް ހިންގާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން ހުޅުވާލީ މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހެވެ. ޖޫން 12 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވިއިރު ދެ ފަރާތަކުން ވަނީ ކުރިމަތިލައިފައެވެ. 

އެ ވުޒާރާއިން ބުނީ މިހާރު ކުރިއަށްދަނީ ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ބިޑް އިވެލުއޭޓް ކުރުމުގެ މަރުޙަލާ ކަމަށެވެ. ޝެލްޓަރ ހިންގުމުގެ އިތުރުން "އޮޅުހިޔާ" ގައި މަސައްކަތްކުރާނެ މުވައްޒަފުން ހޯދުމަށް ވެސް އެ ވުޒާރާއިން އިއުލާނުކުރިއެވެ. އެހެންނަމަވެސް، އެންމެ ފުރަތަމަ ވުޒާރާއިން ކުރިއަށްގެންދަނީ އެތަން ހިންގާނެ ބަޔަކު ހޯދުމެވެ. 

ގާތްގަނޑަކަށް 5000 އަކަފޫޓުގެ ބިމެއްގައި ހެދި "އޮޅުހިޔާ" ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 2 ވަނަ ދުވަހެވެ. އެތަން އެންމެ ފުރަތަމަ ހިންގީ މާލެ ސިޓީ ކައުންސިލުންނެވެ. އޭގެފަހުން ކެބިނެޓްގެ ނިންމެވުމާއެކު "އޮޅުހިޔާ" ވަނީ މިއަހަރުގެ ފެބްރުވަރީ މަހު މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ދަށަށް ބަދަލުކޮށްފައެވެ. 

"އޮޅުހިޔާ" ފެސިލިޓީއާ ހަވާލުވުމަށްފަހު އެ މަރުކަޒަށް ބުޅާތައް ގެންދިއުމުގެ މަސައްކަތް އެ ވުޒާރާއިން ވަނީ ވަގުތުން ފަށައިފައެވެ. އޭގެފަހުން އެތަން ހިންގުމުގައި ކުރަންޖެހޭ އެންމެހާ ކަންކަން އެ ވުޒާރާއިން އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު