ENGLISH
02 ޖުލައި 2025
ރައީސުލްޖުމްހޫރިއްޔާ، ސީޝެލްސްގެ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
29 ޖޫން 2025
|
ސީޝެލްސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް ވަވެލް ރަމްކަލަވާނަށާއި ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ދުވަހުގެ މުނާޞަބަތުގައި އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ދެ ޤައުމަށް ވެސް ފައިދާވާ ދާއިރާތަކާއި ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ޤާއިމުކުރުމަށް ދޭދޭ ގުޅުން ވަރުގަދަކުރުމަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ސީޝެލްސްއަށް އަބަދުވެސް ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި، އެ ޤައުމުގެ ރައްޔިތުންނަށް އުފާވެރިކަމާއި އެއްބައިވަންތަކަން އެދިލައްވާފައި ވެއެވެ.
މިއަދަކީ 1977 ވަނަ އަހަރު، އިނގިރޭސިންގެ ޙިމާޔަތުން ސީޝެލްސް މިނިވަންވުމުން އެ ޤައުމުން ފާހަގަކުރާ 48 ވަނަ މިނިވަން ދުވަހެވެ. އެ ޤައުމުގެ މިނިވަންދުވަހާ އެކުއެކީގައި މިއަދު އެ ޤައުމުގެ ޤައުމީދުވަސް ވެސް ފާހަގަކުރެއެވެ.