ENGLISH

02 ޖުލައި 2025

Advertisement

36 އެއާލައިންއަކާ އެކު 45 ފަރާތަކަށް އާ ޓާމިނަލްއާ ގުޅޭ މައުލޫމާތު ދީފި

28 ޖޫން 2025

|

އިސްމާއީލް ރާތިއު

އާ ޓަރމިނަލް އާ ގުޅޭ މައުލޫމާތު ދިނުމަށް ކުރިއަށް ގެންދެވުނު ޓުއަރ ގެ ތެރެއިން-- ފޮޓޯ: އެމްއޭސީއެލް

ތިރީސް ހަ އެއާލައިން އަކާއެކު 45 ފަރާތަކަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓަރމިނަލްއާ ގުޅޭ ހާއްސަ ޓުއަރތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޓުއަރތައް ގެންދިއުމުގެ މަޤްސަދަކީ، އެއްވެސް ބުރޫއެރުމެއް ނެތި ހިދުމަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ޓާމިނަލްގެ ފެސިލިޓީތަކާއި އޮޕަރޭޝަންތަކަށް އެއާލައިންތަކުގެ މުވައްޒަފުން އަހުލުވެރިކުރުމެވެ. މިއީ، އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކުރިއަށް ގެންދާ އޮރާޓް ޕްރޮސެސްގެ ތެރެއިން، ކުރިއަށް ގެންދިއުން ކޮންމެހެން ލާޒިމު ޓުއަރ  ތަކެކެވެ.

މި ޓުއަރ ތަކުގެ ބައިވެރިންގެ ތެރޭގައި، ރާއްޖެއަށް އޮޕަރޭޓްކުރާ އެއާލައިންތަކާއި ޖެނެރަލް އޭވިއޭޝަން އެޖެންޓުންނާއި ސަރުކާރުގެ ކަމާބެހޭ އެޖެންސީތަކާއި ރިސޯޓް ރެޕުންނާއި ޓެކްސީ އޮޕަރޭޓަރުންނާއި ފެރީގެ ހިދުމަތް ދޭ ފަރާތްތަކާއި ގެސްޓްހައުސް އެސޯސިއޭޝަން އަދި އެމްއޭސީއެލްގެ މުވައްޒަފުން ހިމެނެއެވެ.

އެގޮތުން މިހާތަނަށް 36 އެއާލައިނެއްގެ އިތުރުން ޖެނެރަލް އޭވިއޭޝަން އެޖެންޓުންނަށާއި މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސްގެ އިތުރުން އެމްއޭސީއެލްގެ ހާހަކަށްވުރެ ގިނަ މުވައްޒަފުންނަށް މި ޓުއަރ ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި އިތުރު ތިން އެއާލައިނަކާއި ޖެނެރަލް އޭވިއޭޝަންގެ ދެ އެޖެންޓަކާއި، 10 ސްޓޭކްހޯލްޑަރުންނަށް މި ޓުއާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ޖުލައި 26 ވަނަ ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނަ އާ ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެއާޕޯޓާއި އެއާލައިންގެ މުވައްޒަފެއްގެ އެހީތެރިކަމަކާއި ނުލައި ފްލައިޓަށް ޗެކިންވެ، ބޯޑިން ޕާސް ޕްރިންޓް ކޮށްލެވޭ ކިއޮސްކްތަކެއް ހިމެނޭ ފަދައިން، ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޒަމާނީ ވަސީލަތްތައް ޓާމިނަލުގައި ގާއިމްކޮށްފައި ވެއެވެ. މިކަމުގެ ސަބަބުން ޗެކިން ކައުންޓަރާއި މުޅި ޗެކިން ޕްރޮސެސްގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަ ކުރެވި، ފަސިންޖަރުންނާއި އެއާލައިންތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު