ENGLISH

02 ޖުލައި 2025

Advertisement

އެފް.އެފް.ޑީގެ ހަތަރު ވަނަ ބައްދަލުވުމަށް ނައިބް ރައީސް ސްޕޭނަށް ވަޑައިގެންފި

28 ޖޫން 2025

|

ހަސަން އާމިރު

ނައިބް ރައީސް، ސްޕޭނަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އެއާޕޯޓުގައި. --ފޮޓޯ: ރައީސް އޮފީސް

ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ، ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ސްޕެއިނަށް ވަޑައިގެންފިއެވެ.

އެފް.އެފް.ޑީ.4 އަކީ، މާލީ އިސްލާހާމެދު މަތީ ފަންތީގެ މަޝްވަރާތައް ކުރުމަށް، ސަރުކާރުތަކާއި، ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ޖަމުޢިއްޔާތަކާއި، މާލީ އަދި ވިޔަފާރީގެ މުވައްސަސާތަކާއި، ވިޔަފާރިތަކާއި، މަދަނީ ޖަމާޢަތްތަކާއި، އދ.ގެ ގުނަވަންތައް އެއްފުރާޅެއްގެ ދަށަށް ގެނެސްދޭ މުހިންމު މަންސައެކެވެ.

ކޮންމެ 10 އަަހަރަކުން އެއް އަހަރު ބާއްވާ މި ކޮންފަރެންސް އެންމެފަހުން ބާއްވާފައިވަނީ އިތިއޯޕިއާގެ އެޑިސް އަބާބާގައި، 2015 ވަނަ އަހަރު އެވެ. މި އަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަަމަޖެހިފައިވަނީ މި ޖޫން މަހުގެ 30 އިން އަންނަ ޖުލައި މަހުގެ 3 އަށް ސްޕެއިންގެ ސެވިލްގައެވެ.

ކިޔުންތެރިންގެ ހިޔާލު