ENGLISH
02 ޖުލައި 2025
ކުޑަކުދިންނަށް ކުރާ އަނިޔާގެ 97 މައްސަލަ މިދިޔަ މަހު ހުށަހެޅި
28 ޖޫން 2025
|
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 97 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ބުނެފި އެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން އިހުމާލުގެ 23 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ.
ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ޖިސްމާނީ ހާނިކައިގެ މައްސަލައެވެ. އެގޮތުން، މި ބާވަތުވެ 22 މައްސަލައެއް ވަނީ މެއި މަހު ހުށަހަޅައިފައެވެ.
މީގެ ތެރޭގައި ޖިންސީ ހާނިކައިގެ 16 މައްސަލަ، ނަފްސާނީ ހާނިކައިގެ 13 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 12 މައްސަލަ، އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ ހަ މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ ހަތަރު މައްސަލަ، އަދި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ އެއް މައްސަލަ ހިމެނެއެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ އާއި މައްސަލަތަކާ ގުޅިގެން މެއި މަހު އެންމެ ގިނައިން ހުށަހެޅިފައިވަނީ ފިރިހެން ކުދިންނާއި ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން، ފިރިހެން ކުދިންގެ 52 މައްސަލަ ހުށަހަޅާފައިވާއިރު، އަންހެން ކުދިންގެ 45 މައްސަލައެއް ހުށަހަޅާފައިވެއެވެ.