ENGLISH

02 ޖުލައި 2025

Advertisement

މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ޓެކްސްގެ ސަބަބުން ބުރަ ނުވާނެ ގޮތެއް ހޯދަނީ

28 ޖޫން 2025

|

އިސްމާއީލް ރާތިއު

މަތީ ތަޢުލީމާ މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙުމަދު-- ފޮޓޯ: ޕީއެސްއެމް

ދިވެހި ގިނަ ދަރިވަރުންތަކެއް ތަޢުލީމު ޙާޞިލްކުރަމުން އަންނަ މެލޭޝިއާގައި، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭރު ޤައުމުތަކުގެ ދަރިވަރުންގެ އަތުން ޓެކްސް ނަގަން ފަށާނެކަން އިޢުލާނުކުރުމާ ގުޅިގެން، އެކަމުގެ ސަބަބުން ދިވެހި ދަރިވަރުންނަށް ބުރަ ނުވާނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް، މަތީ ތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މި ނިންމުން އިޢުލާނުކޮށް ތަންފީޒުކުރުމާ ދެމެދު ހަފްތާއެއްގެ މުއްދަތު ދީފައި ވީނަމަވެސް، ރަސްމީ ސިފައެއްގައި ވުޒާރާއަށް އެކަން އަންގާފައި ނުވާ ކަމަށެވެ. އެހެންކަމުން އެކަމާ ގުޅިގެން  އެޅޭނެ ފިޔަވަޅުތަކާ މެދު ދުރާލާ މަޝްވަރާކުރެވިފައި ނުވި ނަމަވެސް، ސަރުކާރުގެ ސަމާލުކަމަށް މިކަން އައި ހިސާބުން ފެށިގެން ދަރިވަރުންނަށް ދެވެންހުރި ލުއިތަކާމެދު މަޝްވަރާކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މެލޭޝިއާގެ ޓެކްސް ޤާނޫނަށް ގެނައި ބަދަލާއެކު، އެ ޤައުމުގައި ތަޢުލީމު ޙާޞިލްކުރަމުން އަންނަ ބޭރު ޤައުމުތަކުގެ ދަރިވަރުންގެ އަތުން، %6 ގެ ޓެކުހެއް ނަގަން ވަނީ ފާސްކޮށްފައެވެ. 

މެލޭޝިއާގައި ތަޢުލީމު ޙާޞިލްކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން، ސަރުކާރުގެ ސްކޮލަރޝިޕް ލޯނުގެ އިތުރުން އަމިއްލަ ގޮތުން ތަޢުލީމު ޙާޞިލްކުރަމުން އަންނަ ދިވެހި ދަރިވަރުންނަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން، ވަޒީރު ދެއްވާފައި ވެއެވެ.

މި ޓެކްސް ނަގަން ނިންމާފައިވަނީ މެލޭޝިއާގެ ޕްރައިވެޓް އެޑިއުކޭޝަން ސިސްޓަމުގެ ތެރޭގައި ތަޢުލީމު ޙާޞިލްކުރަމުންދާ ބޭރު ޤައުމުތަކުގެ ދަރިވަރުންގެ ތެރެއިން ޓިއުޝަން ފީއެއްގެ ގޮތުގައި އަހަރަކު 60،000 މެލޭޝިއަން ރިންގިޓު (ދެ ލައްކަ އަށާރަ ހާސް ދިވެހި ރުފިޔާ) ޚަރަދުކުރާ ދަރިވަރުންގެ އަތުންނެވެ. 

ކިޔުންތެރިންގެ ހިޔާލު