ENGLISH

02 ޖުލައި 2025

Advertisement

މިރޭ ވެސް މޫސުން ގޯސްވާނެ: މެޓް

28 ޖޫން 2025

|

އިސްމާއީލް ރާތިއު

ވާރޭ ވެހި، މާލޭގެ މަގެއް ފެންބޮޑުވެފައި-- ފޮޓޯ: އެމްއެމްޓީވީ

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މެދުކެނޑުމެއް ނެތި މިރޭވެސް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފި އެވެ.

 އެ އިދާރާއިން މިއަދު މެންދުރު ވަނީ، ހަވީރު 5:00 އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެ، މީގެ އިތުރަށް އުދަ އަރާނެ ކަމަށްވެސް ލަފާކޮށްފައެވެ. ދާދި ދެންމެއަކު އެ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާހަމައަށް، މިރޭ 10:30 ގެ ނިޔަލަށް ސަމާލުގެ މުއްދަތު އިތުރުކޮށްފައެވެ.

މި ވަގުތުތަކުގެ ތެރޭގައި، ބޯކޮށް ވާރޭ ވެހުމާއެކު ގުުގުރުމުގެ އިތުރުން ގަޑިއަކު 19 މޭލާއި 24 ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. 

މެޓް އޮފީހުން އަންނަނީ މިއަދު ހެނދުނުން ފެށިގެން މޫސުމީ ސަމާލުތައް ނެރެމުންނެވެ. އެގޮތުން، މެންދުރުގެ ވަގުތުގައި މުޅި ރާއްޖެއަށް ހުދު ސަމާލު ނެރުމުގެ ކުރިން، ހެނދުނު 10:45 ކުން ހަވީރު 4:30 ގެ ނިޔަލަށް، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށްވެސް ހުދު ސަމާލު ނެރެފައި ވެއެވެ.

ރާއްޖެއަށް މިހާރު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާއިރު، ކުރިއަށް މި ދަނީ އަދަ ނަކަތުގެ ދުވަސްތަކެވެ. މި ނަކަތުގައި ހުޅަނގު ދެކުނުން ވައިޖެހުމުގެ އިތުރުން އާދައިގެ ވަރަކަށް ވާރޭ ވެހޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު