ENGLISH

02 ޖުލައި 2025

Advertisement

ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުކުރަން ނޭޕާލާ އެކު މަޝްވަރާކޮށްފި

28 ޖޫން 2025

|

ހަސަން އާމިރު

ސިއްހީ ދާއިރާ އަށް ބޭނުންވާ ފަންނީ މީހުން ތަމްރީން ކުރުމާ ގުޅޭ ގޮތުން ނޭޕާލްއާ އެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ބާއްވާފައި ވަނީ ތައިލެންޑްގެ ވެރިރަށް ބެންކޮކުގައި ކުރިއަށް ގެންދިޔަ ސިވިލް ރެޖިސްޓްރޭޝަން އެންޑް ވައިޓަލް ސްޓެޓިސްޓިކްސް (ސީއާރުވީއެސް) ކޮންފަރެންސްގެ ތެރެއިން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަހުމަދު ގާސިމް ނޭޕާލްގެ މިނިސްޓަރ އޮފް ހެލްތު އެންޑް ޕޮޕިއުލޭޝަން ޕްރަޑިޕް ޕައުޑެލް އެކު ބޭއްވި ބައްދަލުވުމުގައެވެ.

އެގޮތުން މި ބައްދަލުވުމުގައި ނޭޕާލުގައި ރާއްޖޭގެ ހެލްތު ޕްރޮފެޝަނަލުންނަށް، ޚާއްސަކޮށް ނާސިން އަދި ސްޕެޝަލިސްޓް މެޑިކަލް ދާއިރާތަކުން މީހުން ތަމްރީން ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.

ސިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން ޕާކިސްތާނާ އެކު ވެސް ދާދި ފަހުން ވަނީ މަޝްވަރާ ބައްދަލުވުންތަކެެއް ބާއްވައިފަ އެވެ. 

މި މަޝްވަރާތައް ބާއްވާފައި ވަނީ ސިއްޙީ ވުޒާރާގެ އިސްވެރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ކުރި  ރަސްމީ ދަތުރުގައި ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް (އެންއައިއެޗް) އަށް ކުރެއްވި ޒިޔާރަތުގައެވެ. އެގޮތުން މިޒިޔާރަތުގައި އެންއައިއެޗްގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި ޓެކްނިކަލް އޮފިޝަލުން އާއެކު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމުގައި އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ ރާއްޖޭގެ އާންމު ސިއްޙަތުގެ ނިޒާމާއި ކެޕޭސިޓީ ހަރުދަނާ ކުރުމަށްޓަކައި ދެފަރާތުގެ އެއްބާރުލުން ދިނުމާ ގުޅޭގޮތުންނެވެ. އެގޮތުން ފީލްޑް އެޕިޑެމިއޮލޮޖީ ޓްރޭނިންގ، އެންޓިމައިކްރޮބިއަލް ރެސިސްޓެންސް (އޭއެމްއާރު) މޮނިޓަރިންގ، އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އައިޕީސީ)، އަދި ޑިޒީޒް ސަރވޭލަންސް ސިސްޓަމް ހަރުދަނާ ކުރުމަށް އެއްބާރުލުން ދިނުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު