ENGLISH
02 ޖުލައި 2025
ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި
27 ޖޫން 2025
|
މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ -- ފޮޓޯ: ޕޮލިސް
ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުުހުން ބުނީ ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މަހުގެ 25 ވަނަ ދުވަހު ކޮލަމާފުށީ ޕޮލިސް ސްޓޭޝަނުން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ ގޮތުން އާރުޓީއެލް ފެރީގައި އެ ރަށަށް އައި ކޮލަމާފުށީ ދޮންވެލި, ޝިފާއުﷲ ސައީދު ހުއްޓުވާ ބަލާ ފާސްކުރިއިރު އޭނާ ގެނައި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށެވެ.
މި އޮޕަރޭޝަން ގައި އޭނާ ހުއްޓުވަން އުޅުމުން މަޑުނުކޮށް ސައިކަލަށް އަރައިގެން ދާން އުޅުމުގެ ތެރޭގައި ވެއްޓި ކަނާތު ކަކުލާއި އުޅަނބަށި ވަނީ މަށައިގެން ގޮސްފަ އެވެ.
މި މައްސަލައާ ގުޅިގެން އޭނާ ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި ބަންދަށް މިހާރު ވަނީ 11 ދުވަސް ޖަހާފަ އެވެ.