ENGLISH

02 ޖުލައި 2025

Advertisement

ރާއްޖެ-ލަންކާ ކޮމާޝަލް ޑިއުޓީ ފްރީޒޯނެއް ޤާއިމް ކުރާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން: މިނިސްޓަރު ސަޢީދު

27 ޖޫން 2025

|

އަޙުމަދު ޙަމީދު

އިޤްތިސާދާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު

ރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ޤާއިމް ކުރަން ދިވެހިސަރުކާރުން މަސައްކަތް ކުރާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށް އިޤްތިސާދާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ ރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ޤާއިމް ނިންމާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ރިޕޯޓްކުރުމާއި ގުޅިގެންނެވެ. އެ ގޮތުން އެކަމާއި ގުޅޭ އެއްބަސްވުން ޤާއިމު ކުރުމަށް ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ.

އެ ވާހަކަތަކާއި ގުޅިގެން ވަޒީރު ސަޢީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ޤާއިމް ކުރަން ދިވެހިސަރުކާރުން މަސައްކަތް ކުރާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެއީ މިހާތަނަށް ޚިޔާލު ކުރެވި ނުވަތަ މަޝްވަރާ ކުރެވިފައިވާ ކަމެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު