ENGLISH
02 ޖުލައި 2025
ކޮންގްރެސްގެ ލީޑާޝިޕް އަތޮޅުތެރެއަށް، މެންބަރުން އިތުރުކޮށް ޕާޓީ އިތުރަށް ވަރުގަދަ ކުރަނީ
27 ޖޫން 2025
|
ކޮންގްރެސްގެ ލީޑާޝިޕް އަތޮޅުތެރެއަށް --
ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުތަކެއް ފަށައިފި އެވެ.
އެ ގޮތުން ޕާޓީގެ އިސް ބޭފުޅުންނާއި މަޖިލީސް މެންބަރުން ގެންދަވަނީ ޓީމުތަކަކަށް ބަހާލައިގެން އަތޮޅުތެރޭގެ އެކި ރަށްރަށަށް ދަތުރު ކުރަމުންނެވެ. އެ ގޮތުން މި ވަގުތު ޓީމުތައް ހަރަކާތްތެރި ވަމުންދަނީ ރ. އަތޮޅާއި ނ. އަތޮޅާއި އއ. އަތޮޅާއި ހދ. އަތޮޅުގަ އެވެ.
ކޮންގްރެސް ޕާޓީން ބުނީ އެ ޓީމުތަކުން ރަށްރަށުގައި ތިބި ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންނާއި ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ކައުންސިލްް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ތަފާތު ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ކޮންގްރެސް ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުމަށާއި މެންބަރުން އިތުރުކުރުމަށް ވެސް ޚާއްސަ މަސައްކަތްތަކެއް ކުރާނެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ބުނާ ގޮތުން މި ވަގުތު އެންމެ މެންބަރުން ގިނަ ޕާޓީއަކީ ކޮންގްރެސް ޕާޓީ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސްކަން ކުރައްވާ ކޮންގްރެސް ޕާޓީއަކީ އެންމެ އަވަހަށް މެންބަރުން އިތުރުވި ޕާޓީ އެވެ.
ރައީސް މުޢިއްޒު، ކޮންގްރެސްގެ ޒަޢާމަތާއި ހަވާލުވެވަޑައިގެންނެވި އިރު އެ ޕާޓީގައި ތިބީ 3,000 މެންބަރުންނެވެ. ނަމަވެސް ދޮޅު އަހަރުތެރޭ އެ އަދަދު ވަނީ 68,968 މެންބަރުންނަށް އިތުރު ކުރައްވާފަ އެވެ.