ENGLISH
02 ޖުލައި 2025
ހަލާލު ޓޫރިޒަމަށް ޚާއްސަ ރަށްތަކެއް ކަނޑައަޅަނީ، ރައީސްގެ އަމާޒަކީ ހަލާލު ޓޫރިޒަމްގެ އެއްވަނަ މަންޒިލަށް ރާއްޖެ ހެދުމަށް
27 ޖޫން 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ހަލާލް ޓޫރިޒަމަށް ޚާއްސަކޮށް ރަށްތަކެއް ކަނޑައަޅާ އެ ރަށްރަށަށް އިންވެސްޓް ކުރާ ވިޔަފާރިތަކަށް ޚާއްސަ އިނާޔަތްތަކާއި ލުއިތަކެއް ދެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެކަން ހާމަކުރެއްވީ އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަކީ މުޅި ދުނިޔެއަށް ވެސް މިއަދު އޮތް މިސާލެއް ކަމަށެވެ. އަދި ރާއްޖެ ވެފައި ވަނީ ދެމެހެއްޓެވިވި ގޮތެއްގައި ޓޫރިޒަމް ތަަރައްޤި ކުރުމުގައި އެހެން ޤައުމުތަކުން މިސާލު ނަގާ ޤައުމަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ރާއްޖެއަކީ ހަލާލު ޓޫރިޒަމްގައި އެއްވަނަ މަންޒިލްގެ ގޮތުގައި އަދި އެ ދާއިރާ އިން ބެންޗު މާކެއްގެ ގޮތުގައި ރާއްޖެ ހެދުން ކަމުގައި ވިދާޅުވި އެވެ.
ރައީސް ވަނީ ހަލާލް ޓޫރިޒަމަށް ޚާއްސަކޮށް ރަށްތަކެއް ކަނޑައަޅާ އެ ރަށްރަށަށް އިންވެސްޓް ކުރާ ވިޔަފާރިތަކަށް ޚާއްސަ އިނާޔަތްތަކާއި ލުއިތަކެއް ދެއްވުމަށް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެ ގޮތުން އެކަމާ ގުޅޭ ތަފްސީލްތައް ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި އެކަމާ ގުޅޭ ތަފްސީލްތައް މިނިސްޓްރީ އޮފް ޓޫރިޒަމުން ޢާންމު ކުރައްވާނެ ކަމަށެވެ. ރާއްޖެ އޮތީ އިންވެސްޓްމަންޓަށް ތައްޔާރަށް ކަމަށް ވިދާޅުވެ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އިންވެސްޓަރުންނަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމަށް ވެސް ވިދާޅުވި އެވެ.