ENGLISH
02 ޖުލައި 2025
ހއ. ހޯރަފުށީގެ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި އެމްޓީސީސީން ފަށައިފި
27 ޖޫން 2025
|
ހއ. ހޯރަފުށީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހިގެ އަމަލީ މަސަތްކަތް އެމްޓީސީސީން ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން، ސަބްބޭސް ހެދުމާއ،ި އޭބީސީ ފަށަލަ އެޅުމާއި ތާރު އެޅުމާއި މަގުގެ ދުވާރުގެ މަސައްކަތާއި ގްރީން އޭރިއާގެ މަސައްކަތާއި ކޭބަލް ޖަންކްޝަން އަދި ސަރވިސް ލައިން ވަޅުލުމާއި މަގު ބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 30.46 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ހޯރަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް 2022 ވަނަ އަހަރު ކުރިއަށް ގެންގޮސްފައި ވަނީ ވެސް އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެގޮތުން އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި އެ ރަށުގެ 11 މަގެއްގެ 5.3 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީކޮށް، 25،909 މީޓަރުގެ ސަރަހައްދެއް ލެވަލްކޮށް ތާރު އަޅާފައި ވެއެވެ.
މީގެ އިތުރުން 11،114 އަކަ މީޓަރު ސަރަހައްދެއްގައި ދުވާރު ހަދާ، ފެންހިންދާ ނިޒާމު ގާއިމުކޮށް، މަގު ބައްތި އަދި މަގުމަތީ ނިޝާން ވަނީ ހަރުކޮށްފައެވެ. އެ މަޝްރޫއުގެ ޖުމްލަ އަގަކީ 71.90 މިލިއަން ރުފިޔާއެވެ.