ENGLISH

02 ޖުލައި 2025

Advertisement

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ސަރުކާރުން މަސައްކަތް ކުރާނެ: ރައީސް

27 ޖޫން 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި މާކެޓް ހޯދައިދޭން މި ސަރުކާރުން މަސަތްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. 

ރައީސް މިފަދައިން ވިދާޅުވީ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކާ ގުޅޭ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން، ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީގައި، މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އެހެންކަމުން އެ ގިންތިތަކުގެ ވިޔަފާރިތައް ކުރިއަރުވައި މާކެޓްކޮށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.

މީގެއިތުރުން ރައީސް ވަނީ، މޯލްޑިވްސް އެކްސްޕޯ 2025 ގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް، ކުދި ވިޔަފާރިތައް ކުރިއަރައިގެންދާނެ އިކޯސިސްޓަމް ހަރުދަނާ ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާކަން ވެސް ފާހަގަކުރައްވައިފައެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން އެމްއެސްއެމްއީތައް ކުރިއަރާނެ މާހައުލެއް އުފެއްދުމުގައި ސާބިތުވެ، 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމުގެ އަމާޒު ހިފާފައިވާ ކަމަށެވެ. އަަދި އިޤްތިޞާދީ ގޮތުން ތަފާތު ދާއިރާތައް ފުޅާކުރުމަށް މަގުފަހި ކުރެވޭނެ މާޙައުލެއް އުފެއްދުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ވަރަށް ބޮޑަށް މަސައްކަތްކުރަމުން ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު