ENGLISH
27 ޖޫން 2025
ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގާ ދެ ކުއްޖަކު ސީރިއަސް ޙާލަތުގައި
27 ޖޫން 2025
|
އަނިޔާވި ކުއްޖަކު ފަރުވާއަށް ގެންދަނީ -- ފޮޓޯ: ފައިނު އޮންލައިން
ރ. ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގާ ދެ ކުއްޖަކު ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ފައިނު ކައުންސިލްގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި މިރޭ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލަކުން ދެ މީހެއްގެ ގައިގައި ޖެހި އެވެ.
ސައިކަލުގައި ތިބީ 18 އަހަރު ނުފުރޭ ދެ ކުދީންނެވެ. އެހެން ކަމުން އެ މީހުންގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސައިސަނެއް ނޯންނާނެ އެވެ.
ސައިކަލުން ޖެހުނީ އެވަގުތު ކަސްރަތަށް ހިނގަން ނިކުމެ އުޅުނު ދެ މީހެއްގެ ގައިގަ އެވެ.
މިރޭގެ އެކްސިޑެންޓާއި ގުޅިގެން އެންމެ ބޮޑަށް އަނިޔާވީ ސައިކަލުގައި ތިބި ދެ ކުދީންނަށެވެ. މިވަގުތު އެ ދެ ކުދީންނަށް އުނގޫފާރުގައި ހުންނަ ރ އަތޮޅު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު ދެ ކުދީންގެ ޙާލު ވެސް ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
އަނެއް ދެ މީހުންގެ ޙާލު މިވަގުތު ސްޓޭބަލް އެވެ.