ENGLISH
26 ޖޫން 2025
ޒުވާން ޚަޠީބުންގެ ތިން ވަނަ ބެޗްގެ ތަމްރީނު ފަށައިފި
26 ޖޫން 2025
|
ޒުވާން ޚަޠީބުންގެ 3 ވަނަ ބެޗްގެ ތަމްރީނު ފެށުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒުވާން ޚަޠީބުންގެ ތިން ވަނަ ބެޗްގެ ތަމްރީނު މިއަދު ފެށިއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ބެޗްގައި 257 ޒުވާނުން ބައިވެރިވާ ކަމަށެވެ. އަދި އަމާޒަކީ މި ދައުރުގެ ތެރޭގައި އެއްހާސް ޚަޠީބުން ތަމްރީނު ކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ތިން ވަނަ ބެޗް ނިމުމުން، ކުރީގެ ބެޗްތަކާ އެކު، 500 ޚަޠީބުން ތަމްރީނު ކުރެވުނީ އެވެ.
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ތިން ވަނަ ބެޗްގެ ޓްރޭނިންގ ސެޝަންތައް ޖޫން 26، 27، 28 މި 3 ދުވަހު އިސްލާމީމަރުކަޒުގެ ހޯލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޓްރޭނިންގައި އަތޮޅުތެރެއިން ބައިވެރިވި ކުދިންނަށް އޮންލައިންކޮށް ބައިވެރިވެވޭ ގޮތަށް ހަމަޖައްސާފައިވާތީ ޓްރޭނިންގައި ދޭ ފިލާވަޅުތަކާއި މަންޒަރުތަކާއި އަޑުތައް އެބައިވެރިންނަށް ފެންނާނެ ގޮތަށް އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ މުސްތަޤުބަލުގެ އިސްލާމީ ލީޑަރޝިޕްގެ ސަފުތައް މިއަދު ތަމްރީނު ކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.