ENGLISH

26 ޖޫން 2025

Advertisement

ރީކޯގެ ނުސީދާ ފާޑުކިޔުން ނަޝީދަށް: މަޤާމުގެ ދަހިވެތި ކަމުގައި މީހުންނަށް ނޫނެކޭ ބުނޭ

26 ޖޫން 2025

|

އަޙުމަދު ޙަމީދު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސަ

މަޤާމުގެ ދަހިވެތި ކަމުގައި އާންމު މެންބަރުން ބައިބައިކޮށް ޕާޓީއަށްވުރެ ތިމާގެ ބަރާއި ނުފޫޒުގަދަ ކުރާ ކޮންމެ މީހަކަށް ނޫނޭ ބުނަން ޖެހޭ ކަމަށް ވިދާޅުވެ އެމްޑީޕީއާ އަލުން ގުޅިވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ނުސީދާކޮށް ފާޑު ވިދާޅުވެއްޖެ އެވެ.

މޫސަ މިހެން ވިދާޅުވީ އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު އާންމުކުރި ބަޔާނެއްގަ އެވެ. އޭނާ ވިދާޅުވީ ވަކި މީހަކު ނެތިގެން ނުވަތަ ހުރެގެން އެމްޑީޕީއަށް ވާނެ ގެއްލުމެއް އަދި ފައިދާއެއް ވެސް ނެތް ކަމަށެވެ. އަދި އޭނާ މެންބަރުންގެ ކިބައިން އެދުނީ މަޤާމުގެ ދަހިވެތި ކަމުގައި އާންމު މެންބަރުން ބައިބައިކޮށް ޕާޓީއަށްވުރެ ތިމާގެ ބަރާއި ނުފޫޒުގަދަ ކުރާ ކޮންމެ މީހަކަށް ނޫނޭ ބުނުމަށެވެ.

ކުރީން އެމްޑީޕީގައި އުޅެ ރައީސް ޔާމީނަށް ތާއީދުކޮށް ވެސް މަސައްކަތް ކުރި މޫސަ ވިދާޅުވީ އޭނާ އަބަދުވެސް ދެމި ހުންނާނީ "ފުރަތަމަ އެެމްޑޫޕީ" މި ސިޔާސަތު ގަބޫލުކުރާ މެންބަރުންނާ އެކު ކަމަށެވެ.

އެމްޑީޕީ "ރޫޅާލާނެ" ކަމަށް ވިދާޅުވެ ދަ ޑިމޮކްރެޓްސް އުފެއްދެވި ބޭފުޅުން ދެ އަހަރުވެސް ނުވަނީސް އެ ޕާޓީ ދޫކޮށްލާ އަލުން ވަނީ އެމްޑީޕީއާ ގުޅިފަ އެވެ. ނަޝީދާއި ޑިމޮކްރެޓްސްގެ ވެރީން އެމްޑީޕީއާ ގުޅުމުން ޕާޓީގެ ތެރޭގައި ބޮޑު ހިތްހަމަނުޖެހުމެއް ވަނީ އުފެދިފަ އެވެ.

އަދި މުޅި އެމްޑީޕީގެ ލީޑާޝިޕްގައި މިއަދު އޮތީ މަޤާމާއި ބާރު ހޯދުމަށް މަސައްކަތް ކުރުމުގެ ރޫހެއް އުފެދިފަ އެވެ. ސޯލިހާއި ނަޝީދާއި ފައްޔާޒާއި ޝާހިދު ހިމެނޭހެން ހުރިހާ ބޭފުޅުންގެ ވެސް ހުރިހާ ޝައުޤުވެރިކަމެއް އޮތީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށެވެ.

ކިޔުންތެރިންގެ ހިޔާލު