ENGLISH

26 ޖޫން 2025

Advertisement

ހިޖުރީ އައު އަހަރާއެކު އުފާވެރި ޚަބަރެއް، ފަގީރުންގެ ދަފްތަރަށް ވެސް އިންޝުއަރެންސެއް

26 ޖޫން 2025

|

ޝާމަ ޝުޢައިބު

މޯލްޑިވްސް ޒަކާތު ހައުސް އިފްތިތާހު ކުރުން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ނިންމައިފިއެވެ. 

އެކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ މިކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެލައިޑް އިންޝުރެންސާ ގުޅިގެން ކަމަށެވެ. އެފަރާތްތަކަށް އިންޝުރެންސް ތައާރަފްކުރަނީ އާސަންދަ ކަވަރު ނުކުރާ ކަންކަމަށް އަމިއްލަ އަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ޒަކާތަށް ޚާއްސަ އިދާރާއެއް ގާއިމުކޮށް ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން މި ދިޔަ އަހަރަކީ މުދަލު ޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރުކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ޒަކާތު ފަންޑުން ފަގީރުންނަށް ބޮޑު ޚަރަދެއް ކުރާ ކަމަށެވެ.

އޭގެ ތެރޭގައި ދިރިއުޅުމުގެ ޒަރޫރީ ކަންކަމަށް އެހީވުމަށް ކޮންމެ އަހަރަކު ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަގުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަގީރުންގެ ބޭސް ފަރުވާއަށް ހޭދަކުރުމާއި މި ނޫންވެސް ގިނަ ކަންކަމަށް އެހީތެރިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. 

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް ޒަކާތު ހައުސް އިން ފަގީރުންނާ މިސްކީނުންނަށް ބޭސްފަރުވާގެ ގޮތުގައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަމަޖައްސާފައެވެ. 

ޒަކާތު ހައުސްއިން ބޭސްފަރުވާގެ އެހީ ދީފައިވާ ބަލިތަކަށް ބަލާއިރު ކެންސަރާ ކިޑްނީގެ ބަލިތައް، ހިތުގެ ބަލިތައް، ޓްރާންސްޕްލާންޓު އަދި ސިކުނޑީގެ ބަލިތަކަށް ފަރުވާ ކުރުމަށް އެހީދީފައިވެއެވެ. މީގެ އިތުރުން ވެސް އެހެނިހެން ބަލިތަކަށް ފަރުވާ ކުރުމަށް ވެސް ގިނަ އަދަދެއްގެ ފައިސާ އެހީގެ ގޮތުގައި ވަނީ ޚަރަދުކޮށްފައެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މުއައްސަސާއަކަށް މުސްތަޤުބަލުގައި ވެގެންދާނެކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ދާދިފަހުން ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު