ENGLISH
26 ޖޫން 2025
މެޑަމް ސާޖިދާ ހިޖުރީ އައު އަހަރުގެ ތަހުނިޔާ ފޮނުއްވައިފި
26 ޖޫން 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ހިޖުރީ އާ އަހަރުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓުގައި މެޑަމް ސާޖިދާ ވަނީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހިޖުރީ އައު އަހަރު، 1447 ގެ މުނާސަބަތުގައި، ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައަވާފައެވެ.
މީގެއިތުރުން، އިސްލާމީ އުންމަތަށް އަމާންކަމާއި ހިތްހަމަޖެހުމާއި، ދިވެހިރާއްޖެއަށް ނަޞްރާއި ނަސީބު އަބަދުމެ މިންވަރު ކުރެއްވުމަށް ދުއާ ދަންނަވާފައިވެއެވެ.
ހިޖުރީ އާއަހަރު ފާހަގަކުރަނީ، މީލާދީން 622 ވަނަ އަހަރު މައްކާއިން މަދީނާއަށް ރަސޫލު މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމަ ހިޖުރަކުރެއްވުމުގެ ހާދިސާއާއި ގުޅިގެންނެވެ.