ENGLISH

26 ޖޫން 2025

Advertisement

މިނިވަން 60ގެ ލޯގޯ ޢާންމު ކޮށްފި

25 ޖޫން 2025

|

އަޙުމަދު ޙަމީދު

މިނިވަން 60ގައި ބޭނުން ކުރާނެ ލޯގޯ

މި އަހަރު ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރުމަށް ނިންމާ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބޭނުން ކުރުމަށް ހަމަަޖައްސާފައިވާ ލޯގޯ ޢާންމު ކޮށްފި އެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން މިރޭ ލޯގޯ ޢާންމުކޮށްފައިވާއިރު މިއީ ލޯގޯ ފަަރުމާ ކުރުމަށް ހުޅުވާލުމުން އެކަމަށް ހުށައެޅި ލޯގޯތަކުގެ ތެރެއިން އެއްވަނައަށް އައި ލޯގޯ ކަމަށް އެ ވުޒާރާ އިން ބުންޏެވެ.

އެ ވުޒާރާ އިން ކުރި ޕޯސްޓެއް ގައި ބުނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އުފާވެރި މުނާސަބަތުގައި ބޭއްވުނު ލޯގޯ ފަރުމާކުރުމުގެ މުބާރާތުން 1ވަނަ އަށްހޮވިފައިވާ ލޯގޯ ޢާންމު ކުރާ ކަމަށެވެ.

‏މި ލޯގޯ ކުރެއްސެވި ފަންނާނު, ހދ. ނޭކުރެންދޫ ވާރޭ ވިލާ، ފަރުހާދު އިބްރާހީމް ކަން ޢިއުލާނުކޮށް އޭނާއަށް އެ ވުޒާރާ އިން ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސް ކޮށްފަ އެވެ.

ލޯގޯ ފަރުމާ ކުރަން ހުޅުވާލާ އެ ވުޒާރާ އިން ބުނީ އެ ލޯގޯ އަކީ އިސްލާމްދީނާއި ދިވެހިބަހާއި ސަގާފަތާއި ދިވެހި ތަރިކައިގެ އިތުރުން ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހިންގެ ދައުލަތް މިނިވަންކަމާއެކު ދެމިއޮތުން ރަމްޒުކޮށް ދޭންޖެހޭނެ ކަމަށެވެ.

ލޯގޯ ފަރުމާކުރުމުގައި ދިވެހި ދައުލަަތުގެ އެވޭލާކަމާއި މިނިވަންކަމަށް 60 އަހަރު ފުރުމާއި، ދިވެހިން މިނިވަންކަންމަތީ ތިބުމަށް ކުރާ އުންމީދު ރަމްޒުކޮށްދިނުމަށާއި، މިނިވަންކަމުގެ 60 އަހަރުގެ ތެރޭގައި ރާއްޖެއިން ހޯދާފައިވާ ކުރިއއރުމާއި ކުރިއަށް އޮތް ތަނުގައި ހޯދުމަށް އުންމީދުކުރާ ކުރިއެރުން ރަމްޒުކޮށްދިނުމަށް އިސްކަންދޭން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. 

އޭގެ އިތުރަށް ލޯގޯގައި ބޭނުންކުރަންވާނީ ގައުމީ ކުލަތައް ކަމަށާއި އިތުރު ކުލައެއް ބޭނުންކުރާނަމަ ރާއްޖޭގެ ކަނޑާއި މާހައުލު ރަމްޒުކޮށްދޭ ނޫކުލަ ބޭނުންކުރުމަށާއި، މުނާސަބަަތާ ގުޅޭ ބެޖާއި ސްޓިކާގައި ބޭނުންކުރަން ފަސޭހަ ފަރުމާއަކަށްވާންވާނެ ކަމަށާއި ޗާޕުކުރާ ލިޔުންތަކުގައި ބޭނުންކުރަން ފަސޭހަވާނެހެން އަދި ޓީޝާޓު ފަދަ ތަކެތީގައި ޕްރިންޓުކުރަންވެސް ފަސޭހަވާނެ ގޮތަށް ފަރުމާކުރުމަށް އިސްކަން ދޭންވާނެ ކަމަށެވެ.

އެއްވަނަ ލޯގޯއެއް ހޮވީ އެކަންކަމަށް ބެލުމަށް ފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު