ENGLISH
02 ޖުލައި 2025
ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުގައި ހުރި ތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެ
25 ޖޫން 2025
|
ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ސަރަހައްދު
ޅ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ސިވެކްގެ ލޭންޑިންގ ކްރާފްޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ ދަތުރުވެރިން ސަމާލުކަން ދިނުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން އިލްތިމާސް ކޮށްފި އެވެ.
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓު ބަންޑުން ޖާހާލީ ޅ.ކުރެންދޫގެ ހުޅަނގު ދެކުނުން 4 މޭލު ބޭރުންނެވެ. މި އުޅަނދުގައި ހުރި ބައެއް ސާމާނު އިރުމައްޗަށް ވާ ގޮތަށް އޮޔާދަމުން ކަމަށާ އެހެން ކަމުން މި ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
އަދި ރޭގަނޑު މި ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބޭކަލަކު ވަނީ ނިޔާވެފަ އެވެ. މި ހާދިސާ ގައި ތިން މީހަކަށް އަނިޔާވި އެވެ. ނިޔާވީ ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު އެވެ.