ENGLISH

02 ޖުލައި 2025

Advertisement

ނުބައި ވަހެއް ދުވާތީ ބެލުމުން ފެނުނީ ކުނިވެފައި އޮތް ބުޅަލެއް

25 ޖޫން 2025

|

އަޙުމަދު ޙަމީދު

ހުޅުމާލެ ފޭސް އެކަކާއި ދޭއް ގުޅޭ ހިސާބު

ހުޅުމާލެ ފޭސް އެކަކާއި ދޭއް ގުޅޭ ހިސާބުގައި ނުބައި ވަހެއް ދުވާތީ ބެލުމުން ކުނިވެފައި އޮތް ބުޅަލެއް ފެނިފައިވާ ކަމަށާ ވަސް ދުވީ އެ ބުޅަލުން ކަމަށް ފުލުހުން ބުނެފި އެވެ.

ނިރޮޅުމަގުން ހުޅުމާލެ ފޭސް ދެއަކަށް އަރާ ހިސާބު ބީޗް ސަރަހައްދުގައި ކުނި ވަސް ދުވާ ކަމުގެ ރިޕޯޓެއް ލިބުމުން ފުލުހުން ވަނީ ހަރަކާތްތެރިވެފަ އެވެ.

މި މައްސަލައިގެ ރިޕޯޓް ލިބުނީ މިއަދު 5:19 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެއީ ބުޅަލެއް ކުނިވެެގެން ދުވި ވަހެއްކަން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު