ENGLISH

02 ޖުލައި 2025

Advertisement

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލާ ސިފައިންގެ ބޭކަލަކު ނިޔާވުން: ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

25 ޖޫން 2025

|

އަޙުމަދު ޙަމީދު

މިއަދުގެ ހާދިސާގައި ނިޔާވި ސިފައިންގެ އޮފިސަރު -- ފޮޓޯ: އެމްއެމްޑީއެފް

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބޭކަލަކު ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.

ބަންޑުން ޖަހާލާފައިވަނީ ސިވެކްގެ ލޭންޑިން ކްރާފްޓެކެވެ. މި ހާދިސާ ގައި ތިން މީހަކަށް އަނިޔާވި އެވެ. ނިޔާވީ ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު އެވެ.

ރައީސް މުޢިއްޒު ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ނިޔާވި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު، މި ދުނިޔެއާއި ވަކިވެގެންދިއުމަކީ އެމަނިކުފާނަށް ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއް ކަމަށެވެ.

ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ޚިދުމަތް ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ހާމިދު, ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ ވެސް ޤައުމީ ޚިދުމަތަށްޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށް ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި ޢާއިލާ އާއި މުއައްސަސާއާއި އެކު މި ފުން ހިތާމައިގައި ބައިވެރިވެ، މަރުޙޫމުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލެއްވުމަށާއި ޢާއިލާއަށް ކެތްތެރިކަން އިތުރުކޮއްދެއްވުން އެދި ދުޢާ ކުރައްވާކަަން ރައީސްގެ ޕޯސްޓްގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު