ENGLISH
02 ޖުލައި 2025
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލާ ދިވެއްސަކު ނިޔާވެއްޖެ
25 ޖޫން 2025
|
ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލާފައި --
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލާ ދިވެއްސަކު ނިޔާވެއްޖެ އެވެ.
ބަންޑުން ޖަހާލާފައިވަނީ ސިވެކްގެ ލޭންޑިން ކްރާފްޓެކެވެ. މި ހާދިސާ ގައި ތިން މީހަކަށް އަނިޔާވި އެވެ. ނިޔާވީ ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު އެވެ.
ރައީސް މުޢިއްޒު ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ނިޔާވި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު، މި ދުނިޔެއާއި ވަކިވެގެންދިއުމަކީ އެމަނިކުފާނަށް ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއް ކަމަށެވެ.
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ޚިދުމަތް ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ހާމިދު, ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ ވެސް ޤައުމީ ޚިދުމަތަށްޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށް ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި ޢާއިލާ އާއި މުއައްސަސާއާއި އެކު މި ފުން ހިތާމައިގައި ބައިވެރިވެ، މަރުޙޫމުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލެއްވުމަށާއި ޢާއިލާއަށް ކެތްތެރިކަން އިތުރުކޮއްދެއްވުން އެދި ދުޢާ ކުރައްވާކަަން ރައީސްގެ ޕޯސްޓްގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.