ENGLISH
02 ޖުލައި 2025
މިނިވަން ދުވަހާ ގުޅުވައިގެން ޖުލައި 28 ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި
25 ޖޫން 2025
|
މިދިޔަ އަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއެންޑީއެފްއިން ބޭއްވި ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވަނީ. ފޮޓޯ: ރައީސް އޮފީސް
މިނިވަން ދުވަހާ ގުޅިގެން 26 ޖުލައި އިން ފެށިގެން 28 ވަނަ ދުވަހަށް ސަރުކާރު ބަންދުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިގޮތަށް ނިންމެވީ މި އަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާތީއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާން އޮތީ 26 އަދި 27 އެވެ އެހެންނަމަވެސް ގިނަ ހަރަކާތްތަކެއް ބޭވުމަށް ހަމަޖެހިފައިވާތީ މި ހުރިހާ ހަރަކާތެއް ބޭއްވުމަށްޓަކައި 28 ވަނަ ދުވަސް ވެސް ބަންދު ކުރުމަށް މިއަދު ރައީސް ވަނީ ނިންމާފައެވެ.
ޖުލައި 28 ބަންދުކުރުމާއެކު މިނިވަންދުވަހުގެ ބަންދުގެ ގޮތުގައި އިތުރު ދުވަހެއް ލިބި، އެ ހަފްތާ ބަންދު ހަތަރު ދުވަހަށް ދިގުދެމިގެންދާނެއެވެ. ބަންދަށް ފަހު ސަރުކާރު އޮފީސްތައް އަލުން ހުޅުވޭނީ ޖުލައި 29 ވާ އަންގާރަ ދުވަހެވެ.