ENGLISH

02 ޖުލައި 2025

Advertisement

ރ. އަތޮޅުގައި މާދަމާއިން ފެށިގެން އާރުޓީއެލްގެ ޚިދުމަތް ފަށަނީ

25 ޖޫން 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ގެ ދަށުން ރ. އަތޮޅުގައިވެސް އާރްޓީއެލްގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.

އެގޮތުން ރ. އަތޮޅުގެ ރައްޔިތުން ފެރީގެ ހިދުމަތަށް އަހުލުވެރިކުރުމަށް ޖޫން މަހުގެ 26 ވަނަ ދުވަހުން ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ދަތުރުތަށް ހިލޭ ކުރިޔަށް ގެންދެވޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާއްމުކުރި ބަޔާނުގައި ވަނީ ބުނެފައެވެ. 

ހިލޭ ދަތުރުތަކަށްފަހު، ޖުލައި މަހުގެ 3 ވަނަ ދުވަހުން ފެށިގެން އާރްޓީއެލް ފެރީގެ ދަތުރުތަށް ކުރިޔަށް ދާނީ ޓިކެޓް ނަގައިގެން ކަމަށް ޓްރާންސްޕޯޓްސް މިނިސްޓްރީން ބުނެފައިވެއެވެ. 

އާރްޓީއެލް ވެބްސައިޓް އަދި މޮބައިލް އެޕް ބޭނުންކޮށްގެން ފެރީއަށް ޓިކެޓު ނެގޭނެއެވެ.

މި ޕްރޮޖެކްޓް ގެ ދަށުން ޒޯން 2 ގެ ޅ އަދި ނ އަތޮޅުގައި މިހާރުވެސް އާރްޓިއެލްގެ ޚިދުމަތް ކުރިޔަށް ދާއިރު ރ އަތޮޅުގައި މި ޚިދުމަތް ފެށުމުން ރާއްޖޭގެ 10 އަތޮޅެއްގައި އާރްޓީއެލްގެ ޚިދުމަތް ފެށޭނެއެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާ ހަރުދާނާ ކުރުމަށް ސަރުކާރުން އަންނަނީ ހުރިހާ އަތޮޅަކަށް އާރްޓީއެލްގެ ހިދުމަތް ފުޅާކުރަމުންނެވެ.

މި މަޝްރޫގެ ތެރެއިން ރާއްޖެ 3 ފޭސް އަކަށް ބަހައިލައިގެން 6 ޒޯން އަކަށް ބަހައިލައިގެން އެމްޓީސީސީ އާ ހަވާލުކޮށްގެން ރައްޔަތުންނަށް ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުމަށް ސަރުކާރުން އަންނަނީ މަސަތްކަތްކުރަމުންނެވެ.

ރ. އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ޖޫން މަހު ފަށާނެކަމަށް ސަރުކާރުން މީގެކުރިން ވެސް ވަނީ ބުނެފައެވެ. ސަރުކާރުން ބުނީ، ރ. އަތޮޅަށް ފަހު އާރުޓީއެލްގެ ޚިދުމަތް ދެން ފަށާނީ ބ. އަތޮޅުގައި ކަމަށެވެ. އާރުޓީއެލްގެ ޚިދުމަތް ދަމަހައްޓައި މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު