ENGLISH
02 ޖުލައި 2025
ކަނޑުމަތީ އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
24 ޖޫން 2025
|
ކަނޑުމަތީ އެކްސިޑެންޓެއްގައި ތިން މީހަކަށް ވަނީ އަނިޔާވެފައި
ކަނޑުމަތީ މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ގައި ތިން މީހަކަށް އަނިޔާ ވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ ޅ. މަޑިވަރު އެއާޕޯޓާ ދިމާ ކަނޑުމަތީން ލޯންޗަކާއި ޑިންގީ އެއް ޖެހި އެކްސިޑެންޓް ހިނގާފައިވާ ކަމަށެވެ. އެކްސިޑެންޓްވީ މިރޭ 8:26 ހާއިރު އެވެ.
މިރޭގެ އެކްސިޑެންޓްގައި ތިން މީހަކަށް ވަނީ އަނިޔާވެފަ އެވެ. އެ މީހުންނަށް ޅ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިރޭގެ އެކްސިޑެންޓަށް ފަހު ޑިންގީ ގެއްލިފައިވާ ކަމަށެވެ. ބެލެވެނީ އަޑިއަށް ދިޔައީ ކަމަށް ފުލުހުން ބުނެ އެވެ.