ENGLISH

02 ޖުލައި 2025

Advertisement

ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހަކު ހުވާ ކޮށްފި

24 ޖޫން 2025

|

އަޙުމަދު ޙަމީދު

ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުން -- ފޮޓޯ: ޕޮލިސް

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުންނެވެ. އެއީ އަންހެން 34 ފުލުހަކާއި ފިރިހެން 99 ފުލުހެކެވެ. ހުވާކުރުމަށްފަހު އެ ފުލުހުންވަނީ ހުވާގެ އިޤުރާރުގައި ސޮއިކޮށްފަ އެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛް ޢަބްދުލް ނާސިރު ޝަފީޤުއެވެ.

މި ރަސްމިއްޔާތުގައި، ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފް އަދި ހެޑް އޮފް ރެކްރޫޓްމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިލްޔާސް މުހައްމަދު ބައިވެރިވެވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު