ENGLISH

02 ޖުލައި 2025

Advertisement

ހިޔާވަހި ސްކީމުން ލޯނު ދޫކުރުމަށް ބީއެމްއެލްއާއެކު އެއްބަސްވުމެއް ޤާއިމުކޮށްފި

24 ޖޫން 2025

|

އަޙުމަދު ޙަމީދު

ހިޔާވަހި ސްކީމުން ލޯނު ދޫކުރުމަށް ބީއެމްއެލްއާއެކު އެއްބަސްވުމެއް ޤާއިމު ކުރުން -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ބޯހިޔާވަހިކަމުގެ "ހިޔާވަހި" ފައިނޭންސިން ސްކީމުން ލޯނު ދޫކުރުމަށް ޤައުމީ ބެންކު, ބެންކު އޮފް މޯލްޑިވްސްއާ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއާ އެކު އެއްބަސްވުމެއް ޤާއިމު ކޮށްފި އެވެ.

މިއަދު އޮތް ރަސްމިއްޔާތެއްގައި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްތޮލިބު އެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ފަރާތުން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ "ހިޔާވަހި" ފައިނޭންސިން ސްކީމުން %5 އިންޓްރެސްޓުގައި ލޯނު ދޫކުރާނެ ކަމަށެވެ.

ސަރުކާރުން ހިޔާވަހި ސްކީމް ތައާރަފްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހެވެ. 

ހިޔާވަހި ސްކީމްގައި ހިމެނެނީ ތިން ބައެކެވެ. އެއީ ކުދި ރަށްތަކަށް ހާއްސަކުރި "ރަށްވެހި" ސްކީމާއި އަރބަން ސެންޓަރުތައް ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކަށް ހާއްސަ "ސަހަރު" ސްކީމް އަދި މާލެ ސަރަހައްދަށް ހާއްސަކުރި "ފަހިމާލެ" ސްކީމެވެ. 

ހިޔާވަހި ސްކީމްގެ ދަށުން ހުށަހެޅި ފޯމުގެ އަދަދު؛ 

"ރަށްވެހި ސްކީމް" - 1329 

"ސަހަރު ސްކީމް" - 586 

"ފުރަމާލެ ސްކީމް" - 341 

ރަށްވެހި ސްކީމުގެ ދަށުން މާލީ އެހީ ދޫކުރަނީ 1 މިލިއަން ރުފިޔާއާ ހަމައަށެވެ. ސަހަރު ސްކީމްގައި މާލީ އެހީ ދޫކުރަނީ 3 މިލިއަން ރުފިޔާއާ ހަމައަށެވެ. އަދި، މާލެ ސަރަހައްދަށް ކަނޑައެޅީ 6 މިލިއަން ރުފިޔާއެވެ. 

ހިޔާވަހި ސްކީމްގެ ދަށުން ލޯނު ދޫކުރާނީ އިސްލާމިކް ފައިނޭންސިންގެ އުސޫލުން ފަސް ޕަސެންޓުގެ ޕްރޮފިޓް ރޭޓުގައެވެ. ލޯނު އަނބުރާ ދައްކަން ޖެހޭނީ 25 އަހަރުންނެވެ. ސްކީމްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އަލަށް ގެއެއް އިމާރާތްކުރާ މީހުންނަށާއި، ގެއެއް އިމާރާތްކުރަން ފަށައި ނުނިމިހުރި މަސައްކަތް ނިންމުމަށެވެ. 

"ހިޔާވަހި" ފައިނޭންސިން ސްކީމްގައި ކުރިއަށްގެންދާނީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގުޅިގެންނެވެ.  

ކިޔުންތެރިންގެ ހިޔާލު