ENGLISH

02 ޖުލައި 2025

Advertisement

ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އަންހެނުންގެ ދައުރު މުހިންމު: ރައީސް

24 ޖޫން 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އަންހެނުން މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އިންޓަރްނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމަސީއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެެެވެ.

މި މެސެޖުގައި ރައީސް މުޢިއްޒު ވަނީ ބައިނަލްއަގްވާމީ ގުޅުންތައް ބައްޓަންކުރުމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސުލްހައާއި ހަމަޖެހުމާއި ތަރައްގީ ކުރިއެރުވުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ދުވަސް ފާހަަގަކުރަނީ ފަހުރުވެރިކަމާއެކުގައި ކަމަށެވެ. އެއީ، އދ. ގެ ގައުމެއްގެ ގޮތުގައި މި ހަރަކާތަށް ޚާއްސަ އިސްކަމެއް ދޭތީއެވެ.

އދ. އިން އުފައްދަވާފައިވާ އިންޓަރްނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމަސީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެން ޑިޕްލޮމެޓުންނާއި ލީޑަރުންގެ އަގު ވަޒަންކޮށް ފާހަގަކުރާ ދުވަހެކެވެ.

މިދުވަސް ރަސްމީކޮށް ބަލައިގަތުމަށް އދ. ގައި ވަކާލާތުކުރުމުގައި ރާއްޖެއިން މުހިންމު ދައުރެއް އަދާކޮށްފައިވާއިރު، ދުނިޔޭގެ މައިދާނުގައި ޖެންޑަރ އިންކްލޫސިވިޓީއަށް ވަކާލާތުކުރަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު