ENGLISH

24 ޖޫން 2025

Advertisement

ނަޝީދުގެ ޝުކުރު ޝާހިދާއި ފައްޔާޒަށް، ސޯލިހްގެ ނަމެއް ވިދާޅެއް ނުވި

23 ޖޫން 2025

|

އަޙުމަދު ޙަމީދު

ނަޝީދު މިރޭގެ ޖަލްސާގައި

އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނާއި ވާދަވެރި ކުރީގެ ރައީސް ސޯލިހަށް ޝުކުރު އަދާކުރަން ދެކޮޅު ހައްދަވައިފި އެވެ.

އެމްޑީޕީ ރޫޅާލަން އުފެއްދި ދަ ޑިމޮކްރެޓްސް ރޫޅާލުމަށް ފަހު ނަޝީދާއި އެމަނިކުފާނުގެ ވަފާތެރީން މިރޭ ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

މިރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެން އެ ޕާޓީގެ ރައީސް ޝާހިދު އާއި ޗެއާޕާސަން ފައްޔާޒަށް ޝުކުރު އަދާކުރައްވާފަ އެވެ. ނަމަވެސް އެ ޕާޓީގެ ކުރީގެ ރައީސް އަދި އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހްގެ ނަން ނުހިމެނުއްވި އެވެ.

މިރޭގެ ޖަލްސާގައި ސޯލިހް ބައިވެރިވެވަޑައިވެސް ނުގެންނަވަ އެވެ.

މިރޭގެ ޖަލްސާ އަކީ ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީ އަލުން ގުޅުމަށް ބޭއްވި ޖަލްސާއެއް ނަމަވެސް މި ޖަލްސާގައި އެއްވެސް ބޭފުޅަކު ސޮއިކުރުން ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އިއުލާނު ކުރީ ނަޝީދާއި ޑިމޮކްރެޓްސް އިން ވަޑައިގެންނެވި މެންބަރުންނަށް މަރުހަބާ ކިޔާ ކަމަށެވެ.

އެއީ ކިހާ އަދަދެއްގެ މެންބަރުންނެއް ކަމެއް ވެސް ހާމައެއް ނުކުރެ އެވެ.

ނަޝީދުވެސް އަލުން އެމްޑީޕީއަށް ވަޑައިގެންނެވީ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ބޭނުންފުޅުގަ އެވެ. އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވާ ކަން ހާމަކުރެއްވުމުގެ ކުރީން ނަޝީދު ވަނީ އެމްޑީޕީގެ މެންބަރުން ހިމޭހެން އެމަނިކުފާނުގެ އަރިސް މެންބަރުންނަށް, ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޝައުޤުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވާ މެސެޖެއް ކުރައްވާފަ އެވެ.

ސޯލިހާއި ނަޝީދުގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލްއާ މަޖިލީސް މެންބަރު ޑރ. ޝަމްހީދު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުޤުވެރިކަން ފާޅު ކުރައްވާފަ އެވެ.

އިދިކޮޅު ޕާޓީއެއްގެ ހަޤީޤީ ދައުރު އަދާކުރުމުގެ ބަދަލުގައި އެ ޕާޓީގެ ހުރިހާ ވެރީން ރިޔާސީ ޓިކެޓަށް ވާދަކުރާތީ އެ ޕާޓީގެ އާންމު މެންބަރުންނާއި އިސް އެކްޓިވިސްޓުންގެ މެދުގައި ވަނީ މާޔޫސްކަމާއި ހިތްހަމަނުޖެހުން އުފެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު