ENGLISH

23 ޖޫން 2025

Advertisement

މެދުއިރުމަތީގައި ސުލްޙަ ޤާއިމުކުރުމަށް ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި އެހީތެރިވާން ރާއްޖެ އޮތީ ތައްޔާރަށް: ރައީސް

23 ޖޫން 2025

|

އަޙުމަދު ޙަމީދު

މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ޑޮކްޓަރ އަލީރިޒާ ދެލްކޯޝް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، އެރުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ.

މި ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމުގައި ވިދާޅުވެފަ އެވެ.

ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މިފަދަ ކަންކަމުގައި ގެންގުޅުއްވާ ސިޔާސަތަށް ތަޢުރީފުކުރައްވައި، އީރާނުގެ ލީޑަރޝިޕްގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ، އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތައް ކުއްވެރިކުރައްވައި، އެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާ ވަރަށް ބޮޑަށް ޚިލާފު ހަމަލާތަކެއް ކަމުގައި ވިދާޅުވެ، އެމަނިކުފާނުގެ އަމިއްލަފުޅު އެކްސް އެކައުންޓުން ޕޯސްޓެއް ހިއްސާ ކުރައްވާފަ އެވެ.

މީގެ އިތުރުން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލުޢާންމާއި ދެކޮޅަށް ވެސް އެމަނިކުފާނު ގެންދަވަނީ ވަރަށް ބޮޑަށް ވާހަކަފުޅު ދައްކަވާ އެކަން ކުށްވެރި ކުރައްވަމުންނެވެ. އިޒްރޭލް ހުއްޓުވާ މެދުއިތުރުމަތީގައި ސުލްހަ ޤާއިމު ކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ތަކުރާރުކޮށް ގޮވާލައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު