ENGLISH
23 ޖޫން 2025
ސްކޫލް ނިންމާ ގްރޭޑް، އޭލެވެލް އަށް މަތިކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ: އެޑިއުކޭޝަން މިނިސްޓަރު
23 ޖޫން 2025
|
ރާއްޖޭގައި ސްކޫލު ނިމޭ ގްރޭޑަކީ އޭލެވެލްކަމުގައި ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، އޭލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކުރުމަށް ޓަކައި ސަރުކާރުން ވަނީ އެ ކަމަށް ޚާއްސަ ޕްރޮގްރާމެއް ވެސް ހިންގުމަށް ނިންމައިފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އަތޮޅު ތެރޭގެ 23 ސްކޫލެއްގައި އޭލެވެލް ކިޔެވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ފަހިކޮށްދީފައެވެ.
އެހެންކަމުން، އޭލެވެލްއަކީ ރާއްޖޭގައި ސްކޫލް ނިންމާ މަރުހަލާގެ ގޮތުގައި ކަނޑައެޅިގެންދިއުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ ދަރިވަރުން ބާކީ ނުކުރުމެ ސިޔާސަތުގައި ކުރަމުން ދާ ކަމެއް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މި އަހަރު އެ ޕްރޮގްރާމް މާލޭގައި ވެސް ފަށާ އޯލެވެލް އިން ދެ މާއްދާއިން ފާސްވާ ދަރިވަރުންނަށް ވެސް 11، 12 ކިޔެވުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.