ENGLISH

23 ޖޫން 2025

Advertisement

"މަތީ އަރުތަވެރިންގެ އިނާމު 2024" ގެ ފަސްވަނަ ދަންފަޅި ރައީސް ޝަރަފުވެރިކޮށްދެއްވައިފި

23 ޖޫން 2025

|

ހަސަން އާމިރު

މަތީ ސާނަވީއާއި، ސާނަވީ އިމްތިޙާނުތަކުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންގެ އަގު ވަޒަންކޮށް އިނާމު ދިނުމަށް ކުރިއަށްގެންދިޔަ "މަތީ އަރުތަވެރިންގެ އިނާމު 2024" ގެ ފަސްވަނަ ދަންފަޅި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރޭ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި، މަތީ ސާނަވީ އިމްތިޙާނުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނާއި، ސާނަވީ އިމްތިޙާނުތަކުން އެއްވަނަ ނަތީޖާ ހޯދި ދަރިވަރުންނާއި މި ދެ އިމްތިޙާނުން ދުނިޔޭގެ ފެންވަރުގެ އެވޯޑުތައް ހޯދި ދަރިވަރުންގެ އަގުވަޒަންކޮށް، އިނާމު ހަވާލުކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މަތީ ސާނަވީ އިމްތިޙާނުން ދުނިޔެއިން އެއްވަނަ ހޯދައިގެން "އައުޓްސްޑޭންޑިންގ ޕިއަރސަން ލަރނަރ އެވޯޑް،" ހާސިލުކުރި ދެ ދަރިވަރުންނަށް، އެވޯޑް ހަވާލުކޮށްދެއްވައިފަ އެވެ. އަދި ސާނަވީ އިމްތިޙާނުން ވަކިވަކި މާއްދާތަކުން މުޅި ދުނިޔެއިން އެއްވަނަ ހޯދި 57 ދަރިވަރުންނަށާއި، ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ 10 ގެ އެއްވަނަ ނަތީޖާ ހޯދި 21 ދަރިވަރުންނަށް ވެސް އިނާމު ހަވާލުކޮށްދެއްވައިފައެވެ. މީގެ އިތުރުން މަތީ ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ 10 ގެ އެއްވަނަ ނަތީޖާ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ލިބޭ 11 ދަރިވަރުންނަށް، އިނާމާއި ސްކޮލަރޝިޕް ލިޔުން ރައީސް ވަނީ ހަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޒުވާނުންގެ މަރުކަޒަށް ވަޑައިގެންނެވުމުން ތާޖުއްދީން ސްކޫލްގެ ދަރިވަރުން ވަނީ، އެމަނިކުފާނަށް ޝަރަފުގެ ސަލާމަކުން އިސްތިޤުބާލުކޮށް، ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.

ހުރިހައި ޢުމުރުފުރާއެއްގައި ވެސް ދިވެހި ދަރިވަރުންނަށް ލިބޭ ތަޢުލީމުގެ ފެންވަރު މަތިކުރެއްވުމަށާއި، ތަޢުލީމީ ބިނާރު ހަރުދަނާކުރެއްވުމަށާއި، ޒުވާނުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މި ސަރުކާރުން ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު