ENGLISH
23 ޖޫން 2025
އަރަބި ބަސް ދަސްކޮށްދޭ ކޯހެއް ގުރުއާނާ ބެހޭ މަރުކަޒުން ފަށަނީ
23 ޖޫން 2025
|
އަރަބި ކިޔަވަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން، 'އަހަރެންވެސް އަރަބި ކިޔަވާނަން' މި ނަމުގަ އަރަބި ބަސް ދަސްކޮށްދިނުމުގެ ޚާއްސަ ޕްރޮގްރާމެއް ފަށަން ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުން ނިންމައިފިއެވެ.
މި ޕްރޮގްރާމަކީ އެއްވެސް ވަރަކަށް ޢަރަބި ބަސް ނޭނގޭ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައި ވަނީ ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ހެނދުނު 8:00 އިން މެންދުރު 12:00 އަށެވެ.
ޕްރޮގްރާމްގައި ބައިވެރިވާން އެދޭ އުމުރުން 18 އަހަރުންމަތީގެ މީހުން 1 ޖުލައި 2025 ގެ 13:00 ގެ ކުރިން އޮންލައިން ފޯރމް މެދުވެރިކޮށް ހުށަހަޅަން ޖެހެއެވެ.
'އަހަރެންވެސް އަރަބި ކިޔަވާނަން'ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށަން ތައްޔާރުވެފައިވާއިރު ގުރުއާނާ ބެހޭ މަރުކަޒުން މިހާރުވެސް އަންނަނީ މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު ގިނަ ޕްރޮގުރާމުތަކާއި ކުލާސްތައް ކުރިއަށް ގެންދަމުންނެވެ.