ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

ޙާޖީ އެމްވީ: ދިވެހިންނަށް ޙައްޖާއި ޢުމްރާގެ މަޢުލޫމާތުތައް އެއްތަނަކުން ލިބޭނެ އެޕެއް

22 ޖޫން 2025

|

އިސްމާއީލް ރާތިއު

އެޕްލިކޭޝަން ލޯންޗުކުރުމަށް ބޭއްވުނު ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ

ފަސޭހަކަމާ އެކު ޙައްޖާއި ޢުމްރާއާ ބެހޭ މަޢުލޫމާތުތައް ލިބޭނެ އެޕްލިކޭޝަނެއް، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ތަޢާރަފު ކޮށްފިއެވެ.

މިކަމަށް ޚާއްޞަކޮށްގެން ބޭއްވި ބައްދަލުވުމެއްގައި މި އެޕްލިކޭޝަން ލޯންޗުކޮށްދެއްވީ، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ޑރ. މޫސާ އަންވަރު ޙަސަންއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މި އެޕާއި ބެހޭގޮތުން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އެޕަކީ ފަސޭހައިން ޙައްޖާއި ޢުމްރާއާ ބެހޭ މަޢުލޫމާތު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެއް ކަމަށާއި، މި އެޕުގައި އެކި ޛިކުރުތަކާއި ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރު ކުރާނެގޮތުގެ އިތުރުން ޤުރްއާނާއި ސުންނަތުން ސާބިތުވާ ދުޢާތަކާއި ޙައްޖާއި ޢުމްރާއާ ގުޅޭ މަޢުލޫމާތު ހިމެނޭ ވީޑިއޯގެ އިތުރުން މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯ ވެސް ބެލެން ހުންނާނެ ކަމަށެވެ. 

އަދި މިހާރު ނެރެފައިވާ އެޕްލިކޭޝަންގެ ފުރަތަމަ ވާރޝަން، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ތަރައްޤީ ކުރެވިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވެފައި ވެއެެވެ.

މިފަދަ އެޕްލިކޭޝަނެއް ތަޢާރަފު ކުރުމުގެ ބޭނުމަކީ، ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކުރުން ކަމަށާއި މި އެޕްގައި ހިމެނޭ އެންމެހައި މައުލޫމާތަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ މައުލޫމާތު ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ. އަދި، މި އެޕްގެ ސަބަބުން ދުޢާފޮތްތަކާއި ހައްޖާއި އުމްރާއާއި ބެހޭ ފޮތްތަކާ ނުލައި، ފޯނުން އެކަނި މި ދާއިރާއާ ގުޅޭ މައުލޫމާތު ޙާޞިލްކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު