ENGLISH

17 ޖޫން 2025

Advertisement

ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް ފަށައިފި

17 ޖޫން 2025

|

މުޙައްމަދު އަދުހަމް

މިދިޔަ އަހަރުގެ މުބާރާތުގެ ތެރެއިން. --ފޮޓޯ: އެމްބީބީއޭ

މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ ބޮޑީބޯޑިންގ ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ، "ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް 2025" މިއަދު ފަށައިފިއެވެ.

މި މަހުގެ 17 އިން 21 ގެ ނިޔަލަށް މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ މުބާރާތުގައި ހުރިހާ އިވެންޓަކުން މުޅިއެކު 23 އެތުލީޓުން ވާދަކުރާނެ އެވެ.

އޭގެތެރެއިން، މެންސް އޯޕަން ކެޓަގަރީގައި 23 ބައިވެރިން، ޖޫނިއާ މެންސް ބައިގައި ނުވައެއް އަދި ޑްރޮޕްނީ އިވެންޓްގައި ނުވަ އެތުލީޓުން ވަނީ ބައިވެރިވެފައެވެ.

މުބާރާތުގެ އިވެންޓްތަކުގެ ހީޓްގެ ލައިވް ސްކޯރިންގ އެމްބީބީއޭގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

މިއީ މި މުބާރާތް ބާއްވާ ހަތްވަނަ ފަހަރެވެ. އަދި، މިއީ ރާއްޖޭގައި ބާއްވާ އެންމެ ދުވަސްވީ ބޮޑީބޯޑިންގ މުބާރާތްވެސް މެއެވެ.

އެމްބީބީއޭ އިން އެންމެ ފަހުން ބޭއްވި ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް ކާމިޔާބުކުރީ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. އަދި އެ މުބާރާތުގެ ޑްރޮޕްނީ ކެޓަގަރީގެ ޗެމްޕިއަންކަން ވެސް ކުޑަ އައްޔަ ހޯދި އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޖޫނިއާ ޗެމްޕިއަނަކީ ފުވައްމުލައް ސިޓީގެ މުހައްމަދު އަޒާން އަހުމަދު އެވެ.

ކިޔުންތެރިންގެ ހިޔާލު