ENGLISH

01 ސެޕްޓެމްބަރު 2025

Advertisement

ބަނގުރަލުގެ ދެ މައްސަލައެއްގައި ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފި

31 އޯގަސްޓު 2025

|

ޢަލީ ޝަހީމް

ބަނގުރަލުގެ ދެ މައްސަލައެއްގައި ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 

ފުލުހުން މިއަދު އާއްމުކޮށްފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި، ހައްޔަރުކުރީ ސްރީ ލަންކާއަށް ނިސްބަތްވާ ތިން މީހަކާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ. 

ލަންކާ ތިން މީހުން ހައްޔަރުކުރީ، ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ. އެ މީހުން ހައްޔަރުކުރީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. 

އޮޕަރޭޝަނުގައި ހެންވޭރުގެ ގެއަކާއި ސައިކަލެއް ބަލައި ފާސްކުރިއިރު، 19 ފުޅި ބަނގުރަލާއި 12 ދަޅު ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. 

މައްސަލައިގައި ހައްޔަރުކުރީ ސެނިތް ހެޝަން ވިކްރަމަސިންހަ (29އ) އާއި، ދުލިތު މަޑުސާކާ (39އ) އަދި ޖިނިތަ މަދުރަންގާ ސެނަވިރަތިން (24އ) އެވެ. އެ ތިން މީހުން ޑީޕޯޓް ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ޙަވާލުކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ. 

ބަންގުރާ ގެންގުޅުނު ކަމުގެ ތުޙުމަތުގައި ބަންގްލަދޭޝްގެ މީހާ ހައްޔަރުކުރީ ހުޅުމާލެ ފޭސް އެކަކުންނެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ޕެޓްރޯލް ކުރުމުގެ ތެރެއިން އޮގަސްޓް 29 ވަނަ ދުވަހު ކަމަށެވެ. 

ހުޅުމާލޭގެ ރީތިގަސްމަގުން ބަންގްލަދޭޝް މީހާ ސައިކަލެއްގައި ދަނިކޮށް އޭނާއާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި، ބަލައި ފާސްކުރިއިރު ބަނގުރާކަމަަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 9 ފުޅި ފެނުނު ކަމަށް ފުލުހުން ބުނެފައިވެއެވެ. 

މައްސަލައިގައި ހައްޔަރުކުރީ އެމްޑީ ޖަހަންގިރު ހޮސައިން، (35އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. 

ފުލުހުން ގެންދަނީ ދެ މައްސަލަވެސް ތަހުގީގުކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު