ENGLISH
12 ޖުލައި 2025
ކޮލިފައިންގެ ދެ ޑިވިޝަނުގެ ގޯލްޑް ވެސް އިންޑިއާ އަށް؛ ބައިވެރިވީ ހުރިހާ ޤައުމަކަށް މެޑަލް
16 ޖޫން 2025
|
ކޮލިފަޔާސްގެ ދެ ޑިވިޝަނުގެ ގޯލްޑް ކާމިޔާބުކުރި އިންޑިއާ ޓީމު. ފޮޓޯ: އިމޭޖަސް.އެމްވީ
ސޯޅަ އަހަރުން ދަށުގެ ފީބާ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސްގެ އަންހެން އަދި ފިރިހެން ކުޅުންތެރިންގެ ބައިގެ ވެސް ގޯލްޑް މެޑަލް އިންޑިއާ އިން ހާސިލްކުރިއިރު، ވާދަކުރި ހުރިހާ ޤައުމަކުން މެޑަލް ހޯދައިފިއެވެ.
މި ޖޫން މަހުގެ 12 އިން 15 ގެ ނިޔަލަށް ކުރިއަށްދިޔަ ކޮލިފަޔާސްގެ ހުރިހާ މެޗެއް ވެސް ކުޅެފައިވަނީ މާލޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައެވެ.
ކޮލިފައިންގެ އަންހެން އަދި ފިރިހެން ކުޅުންތެރިންގެ ބައިގެ ފައިނަލުގައި ވެސް އިންޑިއާ އިން އެއްވަނަ މަގާމު ހާސިލްކުރީ ސްރީ ލަންކާ ބަލިކޮށްގެންނެވެ.
ފީބާ އޭޝިއާ ކަޕް ސާބާ ވިމެންސް ކޮލިފަޔާސްގެ ފައިނަލުގައި ލަންކާ އަތުން އިންޑިއާ މޮޅުވީ 103-52 އިންނެވެ. މި ބައިގެ ތިންވަނަ މަގާމަށް ރާއްޖެ ހޮވުނުއިރު، ފުލަށްދިޔައީ ބަންގްލަދޭޝް އެވެ.
ކޮލިފައިންގެ ފިރިހެން ކުޅުންތެރިން ބައިގެ ފައިނަލުގައި އިންޑިއާ އިން ލަންކާ ބަލިކުރީ 94-62 އިންނެވެ.
ކޮލިފަޔާސްގެ ފިރިހެން ޑިވިޝަނުގެ ތިންވަނަ މަގާމަށް ހޮވުނީ ބަންގްލަދޭޝް އެވެ. މިއާއެކު، ދެ ޑިވިޝަން ހިމެނޭ ގޮތަށް ސައުތު އޭޝިއާ ޒޯންގެ ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ވާދަކުރި ހަތަރު ޤައުމަށް މިވަނީ މެޑަލް ލިބިފައެވެ.