ENGLISH

16 ޖޫން 2025

Advertisement

ޒުވާން ޤައުމީ ކްރިކެޓް ޓީމު މެލޭޝިއާ މުބާރާތަކަށް

15 ޖޫން 2025

|

މުޙައްމަދު އަދުހަމް

ރާއްޖޭގެ ޒުވާން ކްރިކެޓް ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

އޭސީސީ 16 އަހަރުން ދަށުގެ އީސްޓް ޒޯން ކަޕްގައި ރާއްޖޭގެ ޒުވާން ކްރިކެޓް ޓީމު ވާދަކުރަން ހަމަޖެހިއްޖެއެވެ.

މި މަހުގެ 22 އިން ޖުލައި 5 ގެ ނިޔަލަށް މެލޭޝިއާގެ ސެލަންގޯގައި ބާއްވާ މުބާރާތުގައި ވާދަކުރާ ޒުވާން ޤައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ޖާޒީ ހަވާލުކޮށްފައެވެ.

މުބާރާތުގައި ވާދަކުރާ ޒުވާން ޤައުމީ ޓީމާ ޖާޒީ ހަވާލުކޮށްފައިވަނީ، ޝީ ބިލްޑިންގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވާފައިވަނީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ. ވަޒީރު ރާފިޢުގެ އިތުރުން މިރަސްމިއްޔާތުގައި ކުރިކެޓު ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ރައީސް މުހަންމަދު ފައިސަލް އާއި އެބޯޑުގެ ނައިބު ރައީސް އަހުމަދު އިސްހާޤު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެ ހިމެނޭގޮތަށް މުޅިއެކު ނުވަ ޤައުމަކުން މި މުބާރާތުގައި ވާދަކުރާނެ އެވެ. އެގޮތުން، މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ؛ ދިވެހިރާއްޖެ އާއި މެލޭޝިއާގެ އިތުރުން ނޭޕާލް، ސިންގަޕޫރު، ޖަޕާން، ބޫޓާން، ހޮންގކޮންގ، ތައިލެންޑް އަދި މިޔަންމާ އެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ކްރިކެޓް ޓީމު ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ.

ކިޔުންތެރިންގެ ހިޔާލު