ENGLISH
26 ނޮވެމްބަރު 2024
ތިނަދޫގައި 1000 ޓަން، ފެލިވަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް ކުރިއަށް
19 ނޮވެމްބަރު 2024
|
ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ކުރިއަށް ދަނީ
އެންމެ މަޤްބޫލު
ގދ. ތިނަދޫ ސިޓީގައި އިމާރާތްކުރަން ފަށާފައިވާ 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އެ ފެސިލިޓީ ނިންމުމުގެ މަސައްކަތް ސަރުކާރުން ފަށައި އަދި ފެލިވަރުގެ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އިތުރުކުރުމުގެ މަޝްރޫއު 2025 އަށް ނިންމުމަށް ސަރުކާރުން އަމާޒު ހިފައިފި އެވެެ.
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ތިނަދޫގެ ކޯލްޑް ސްޓޯރޭޖް ނިންމައި ބޭނުން ކުރަން ފެށުމެވެ. ހުވަދު އަތޮޅު ދެކުނުބުރީގައި އެންމެ އަވަހަށް އޮޕަރޭޝަނަށް ގެނެވޭ ކޯލްޑް ސްޓޯރޭޖަކަށް މި ފެސލިޓީ ވެގެން ދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ނޮވެމްބަރު 109، 2019 ގައި ގދ. ތިނަދޫގައި މަސް ރައްކާކުރާ ފެސިލިޓީތައް ގާއިމުކުރަން އިއުލާނުކުރި ނަމަވެސް މި ކޯލްޑް ސްޓޯރޭޖުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޖުލައި 12، 2023 ގައެވެ. މިފްކޯއިން މި ސްޓޯރޭޖު އެޅުމުގެމަސައްކަތް ހަވާލުކުރީ އެމްޓީސީސީއަށެވެ.
ތިނަދޫ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހުއްޓިފައިވަނިކޮށް އެ މަސައްކަތް އަވަސްކުރުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް މަސައްކަތް އަވަސްކުރުމަށް ހައްލުތަކެއް ހޯދައިފައެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ތިނަދޫއަށް ވަޑައިގެން ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ. ވަޒީރު ޝިޔާމް ވިދާޅުވީ ތިނަދޫގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް 2025 ވަނަ އަހަރު ނިންމައި މަސްގަންނަން ފެށުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވާ ކަމަށާއި، އެކަމަށްޓަކައި ވުޒާރާއިން މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ކަންކަން ކުރަމުންދާ ކަމަށެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ އެލްއޯސީގެ ދަށުން ކުރިއަށް ގެންދާ ފެލިވަރު ކޯލްޑް ސްޓޯރޭޖެ ކެޕޭސިޓީ އިތުރުކުރުމަކީ އުތުރުގައި މަސްކިރުވުމުގައި މިހާރު ދިމާވާ ދަތިތައް ވަރަށް ބޮޑަށް ހައްލުވެގެން ދާނެ މަޝްރޫއެއް ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ. ފެލިވަރުގައި މިހާރު ރައްކާ ކުރެވެނީ 750 ޓަނުގެ ގަނޑުކުރި މަހެވެ. މި ޕްރޮޖެކްޓް އަންނަ އަހަރުގެ އޭޕްރީލް މަހު ނިމޭއިރު ޖުމްލަ 4،750 ޓަނުގެ ކޯލްޑް ސްޓޯރޭޖަކަށް ބަދަލުވެގެންދާނެ އެވެ.